ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ ޗައިނާ އެމްބަސީ ކައިރީ ބަޔަކާ އެކު އިއްޔެ ހަވީރު ވައްޑޭ ހުންނަވަނިކޮށް އެތަނަށް ސައިކަލްތަކެއްގައި ދިޔަ އެހެން ބަޔަކު އޭނާ އަށް ހަމަލާދޭން އުޅުމުން ހަމަނުޖެހުމެއް ހިނގި ކަމަށެވެ.

"އެކަމާ ގުޅިގެން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" އިސްމާއީލް ވިދާޅުވި އެވެ.

އެ ހަމަނުޖެހުމުގައި މީހެއްގެ ބޮލަށް ކޮންމެވެސް ވަރެއް ޒަޚަމްތަކެއް ލިބި ހޮސްޕިޓަލްގައި އޭނާ އަށް ފަރުވާދީފައިވާ ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.

ވައްޑެއަށް ހަމާލޭން އުޅުނު މައްސަލައިގެ ތަފްސީލު އަދި ނުލިބެއެވެ.