10 Jun 2016, 16:22
ފްރާންސުގެ 10 ސްޓޭޑިއަމެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅެވޭނެ އެވެ. މުބާރާތަށް ޚާއްސަކޮށްގެން ބައެއް ސްޓޭޑިއަމްތައް އަޅާފައިވާ އިރު، ބައެއް ސްޓޭޑިއަމްތަކުގައި ކުދި އަދި ބޮޑެތި މަރާމާތުތައް ވެސް ކޮށްފައި ވެ އެވެ. ޔޫއެފާ ޔޫރޯ 2016 ފްރާންސްގައި ބޭއްވުމަށް އިންފްރާސްޓްރަކްޗަރަލް ޚަރަދަކަށް ކުރި ހަމައެކަނި ޚަރަދަކީ ވެސް ސްޓޭޑިއަމް އެޅުމާއި މަރާމާތު ކުރުމެވެ. މި މަސައްކަތަށް މުޅި ޖުމްލަ 1.6 ބިލިޔަން ޔޫރޯ ޚަރަދު ކޮށްފައި ވެ އެވެ.
ސްޓޭޑް ދޮ ފްރާންސް

ސްޓޭޑް ދޮ ފްރާންސް -- ފޮޓޯ: ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: ސަން ޑެނީ
ހުޅުވުނު ތާރީޚު: 28 ޖެނުއަރީ 1998
ކެޕޭސިޓީ: 80,000މީހުން
ޔޫރޯ އަށް ތައްޔާރުވުމަށް: ކުދި މަރާމާތުތަކެއް ކުރިޔަށް ގެންދިޔަ
ސްޓޭޑިއަމް އެޅީ: ސްޓޭޑް ދޮ ފްރާންސް ކޮންސޯޓިއަމްއިން
ޕާކް އޮލިމްޕީކް ލިޔޮނޭ

ޕާކް އޮލިމްޕީކް ލިޔޮނޭ --ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: ލިޔޯން
ހުޅުވުނު ތާރީޚު: 9 ޖެނުއަރީ 2016
ކެޕޭސިޓީ: 59,000 މީހުން
އަލަށް އެޅި ސްޓޭޑިއަމެއް
ސްޓޭޑިއަމް އެޅީ: ލިޔޯން ސިޓީ ކައުންސިލުން
ޚަރަދު: އަމިއްލަ ފަރާތަކުން 405 މިލިޔަން ޔޫރޯ ޚަރަދު ކޮށްގެން
ސްޓޭޑް ދޮ ޕިއޭޣް މޮޣްވާ

ސްޓޭޑް ދޮ ޕިއޭޣް މޮޣްވާ-- ފޮޓޯ: ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: ލިލް މެޓްރޮޕޯލް
ހުޅުވުނު ތާރީޚު: 17 އޮގަސްޓް 2012
ކެޕޭސިޓީ މީހުން
އަލަށް އެޅި ސްޓޭޑިއަމެއް
ސްޓޭޑިއަމް އެޅީ: ލިލް މެޓްރޮޕޯލް އާބަން ކޮމިއުނިޓީއިން
ޚަރަދު: ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕުގެ ދަށުން 324 މިލިޔަން ޔޫރ
ނޫވޫ ސްޓޭޑް ދޮ ބޯޑޯ

ނޫވޫ ސްޓޭޑް ދޮ ބޯޑޯ -- ފޮޓޯ: ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: ބޯޑޯ
ހުޅުވުނު ތާރީޚު: 18 މެއި 2015
ކެޕޭސިޓީ: 42,000 މީހުން
އަލަށް އެޅި ސްޓޭޑިއަމެއް
ސްޓޭޑިއަމް އެޅީ: ބޯޑޯ ސިޓީ ކައުންސިލުން
ޚަރަދު: ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕުގެ ދަށުން 184 މިލިޔަން ޔޫރޯ
ސްޓޭޑް ދޮ ނީސް (އެލިއޯންޒް ރިވިއެރާ)

ސްޓޭޑް ދޮ ނީސް (އެލިއޯންޒް ރިވިއެރާ) -- ފޮޓޯ: ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: ނީސް
ހުޅުވުނު ތާރީޚު: 22 ސެޕްޓެމްބަރު 2013
ކެޕޭސިޓީ: 36,000 މީހުން
އަލަށް އެޅި ސްޓޭޑިއަމެއް
ސްޓޭޑިއަމް އެޅީ: ނީސް ސިޓީ ކައުންސިލުން
ޚަރަދު: ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕުގެ ދަށުން 204 މިލިޔަން ޔޫރޯ
ސްޓޭޑް ވެލޮޑްރޯމް

ސްޓޭޑް ވެލޮޑްރޯމް -- ފޮޓޯ: ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: މާސޭ
ހުޅުވުނު ތާރީޚު: ޖޫން 1937
ކެޕޭސިޓީ: 67,000 މީހުން
ޔޫރޯ އަށް ތައްޔާރުވުމަށް: ބޮޑެތި މަރާމާތުތަކެއް ކުރިޔަށް ގެންދިޔަ
ޔޫރޯއަށް ސްޓޭޑިއަމް މަރާމާތު ކުރީ: މާސޭ ސިޓީ ކައުންސިލުން
މަރާމާތަށް ފަހު ހުޅުވުނު ތާރީޚު: 16 އޮކްޓޫބަރު 2014
ޚަރަދު: ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕުގެ ދަށުން 267 މިލިޔަން ޔޫރޯ
ސްޓޭޑް ދޮ ޖޮފްޣްވާ ގިޝާ

ސިޓީ: ސޮންޓެޓިއެން
ހުޅުވުނު ތާރީޚު: 13 ސެޕްޓެމްބަރު 1931
ކެޕޭސިޓީ: 42,000 މީހުން
ޔޫރޯ އަށް ތައްޔާރުވުމަށް: ބޮޑެތި މަރާމާތުތަކެއް ކުރިޔަށް ގެންދިޔަ
ޔޫރޯއަށް ސްޓޭޑިއަމް މަރާމާތު ކުރީ: ސޮންޓެޓިއެން މެޓްރޮޕޯލްއިން
މަރާމާތަށް ފަހު ހުޅުވުނު ތާރީޚު: ޖެނުއަރީ 2015
ޚަރަދު: ފްރާންސް ސަރުކާރުން 75 މިލިޔަން ޔޫރޯ
ސްޓޭޑް ބޮލާޓް ދޮ ލެލިސް

ސިޓީ: ލޮންސް، ޕަ ޑޮ ކަލައެ
ހުޅުވުނު ތާރީޚު: 1933 ވަނަ އަހަރު
ކެޕޭސިޓީ: 38,000 މީހުން
ޔޫރޯ އަށް ތައްޔާރުވުމަށް: ބޮޑެތި މަރާމާތުތަކެއް ކުރިޔަށް ގެންދިޔަ
ޔޫރޯއަށް ސްޓޭޑިއަމް މަރާމާތު ކުރީ: ނޯޑް ޕަ ޑެ ކަލައެ ރީޖަނަލް ކައުންސިލް
ޚަރަދު: ފްރާންސް ސަރުކާރުން 70 މިލިޔަން ޔޫރޯ
ސްޓޭޑިއަމް ދޮ ތުލޫޒް

ސްޓޭޑިއަމް ދޮ ތުލޫޒް -- ފޮޓޯ: ސްޓޭޑިއަމްގައިޑް.ކޮމް
ސިޓީ: ތުލޫޒް
ހުޅުވުނު ތާރީޚު: 1937 ވަނަ އަހަރު
ކެޕޭސިޓީ: 33,000 މީހުން
ޔޫރޯ އަށް ތައްޔާރުވުމަށް: ބޮޑެތި މަރާމާތުތަކެއް ކުރިޔަށް ގެންދިޔަ
ޔޫރޯއަށް ސްޓޭޑިއަމް މަރާމާތު ކުރީ: ނޯޑް ޕަ ޑެ ކަލައެ ރީޖަނަލް ކައުންސިލް
ޚަރަދު: ފްރާންސް ސަރުކާރުން 70 މިލިޔަން ޔޫރޯ