10 Jun 2016, 15:06
ހިންދީ ފިލްމީ ތަރިއެއް ކަމުގައިވާ އަލީސާ ހާން، މަގުމަތިވެ ހާލުގައި ޖެހިފައި ވަނިކޮށް ފެނިއްޖެ އެވެ.
އަލީސާ އަކީ ބޮލީވުޑަށް ނުކުތުމުގެ ކުރިން މޮޑެލް ކުރި މީހެކެވެ. އޭނާ ބޮލީވުޑުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2010 ވަނަ އަހަރު ނުކުތް ފިލްމު "މައި ހަސްބަންޑްސް ވައިފް" އިންނެވެ. އެ ފިލްމުގައި އަލީސާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
އަލީސާ ފެނިފައި ވަނީ ކައިލާޝްގެ މަގުމަތިންނެވެ. އަލީސާއާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އޭނާ މަގުމަތިވެފައި ވަނީ ޖެހުނު މައްސަލައެއްގައި އާއިލާ އިން އޭނާ ގެއިން ނެރެ އެއްލާލުމުންނެވެ.
އަލިސާ ބުނީ ގެއިން ގެއިން ނެރެލީ، ލޯބިވެރިޔާ ލީކު ކޮށްލި ވީޑިއޯއެއްގެ މައްސަލައިގައި ކަމަށެވެ.
ވީޑިއޯ ލީކު ކޮށްލި މައްސަލައިގައި އަލީސާ ވަނީ އެނާގެ ލޯބިވެރިޔާ އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފަ އެވެ.
އަލީސާ މިހާރު ހުރީ ރައްޓެއްސެއްގެ ގޭގައި ކަމަށްވެ އެވެ.
ގިނަ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައިވާ އަލީސާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި އޯގަސްޓު މަހު ނުކުންނަން ހަމަޖެހިފައިވާ ފިލްމު "އާއިނާ" އިންނެވެ.
އެ ފިލްމުގައި އަލިސާ އާއެކު ފެނިގެންދާނީ އިމްރާން ހާޝްމީ އެވެ.