10 Jun 2016, 00:48
ހޮނިހިރު ދުވަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް އުރީދޫ ކަސްޓަމަރުންނަށް ފޯނާއި އެހެނިހެން ޑިވައިސްތައް މެދުވެރިކޮށް ލައިވްކޮށް ބެލޭނެ ގޮތް، އޯޕަން ޓީވީއާ ގުޅިގެން އުރީދޫއިން ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނާ ގޮތުގައި، އޯޕަން ޓީވީއާ ގުޅިގެން އުރީދޫއިން ދޭ މި ޚިދުމަތުގައި، ކަސްޓަމަރުން ކޮންމެ ތަނެއްގައި ތިބެގެންވެސް ސްމާޓުފޯނާއި ޓެބްލެޓް އަދި ކޮމްޕިއުޓަރު ބޭނުންކޮށްގެން ޔޫރޯ މެޗުތައް ލައިވްކޮށް ބަލައިލެވޭނެ އެވެ.
މި ޚިދުމަތް އުރީދޫއިން ދިނުމަށް ހަމަޖެހިފައި ވަނީ ވަރަށް ހެޔޮ އަގެއްގަ އެވެ. އެގޮތުން އެއް ދުވަހަށް ބޭނުންކުރެވޭ "ޔޫރޯ ޑެއިލީ" ޕެކޭޖާއި ޔޫރޯގެ މުޅި ސީޒަނަށް ދެމިގެންދާ ގޮތަށް "ޔޫރޯ ސީޒަން" ޕެކޭޖެއް އުރީދޫއިން ވަނީ ތައާރަފު ކޮށްފަ އެވެ.
ޔޫރޯ ޑެއިލީ ޕެކޭޖަށް ދައްކަން ޖެހެނީ 30 ރުފިޔާ އެވެ. އަދި ޔޫރޯ ސީޒަން ޕެކޭޖަށް ދައްކަން ޖެހޭނީ އެންމެ 150 ރުފިޔާ އެވެ. އުރީދޫއިން ބުނާ ގޮތުގައި، ދެ ޕެކޭޖުގެ ތެރެއިން "ޔޫރޯ ސީޒަން" ޕެކޭޖަށް ޕްރީބުކް ކުރާ ފަރާތްތަކަށް 300 އެމްބީގެ ހިލޭ ޑޭޓާ ވެސް ލިބޭނެ އެވެ. ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރީބުކް ކުރާ ފަރާތްތަކުން އެކަން ކުރަންޖެހޭނެ އެވެ.
ޔޫރޯ ޑެއިލީ ޕެކް ނެގުމަށް ޖެހޭނީ EURO DAILY ޖެހުމަށް ފަހު 5505 އަށް މެސެޖެއް ފޮނުވާށެވެ. އަދި EURO SEASON ޖެހުމަށް ފަހު 5505 އަށް މެސެޖު ފޮނުވުމުން ޔޫރޯ ސީޒަން ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. ސަބްސްކްރައިބް ކުރުމުން، ޔޫރޯގެ މެޗުތައް ބެލުމަށްޓަކައި ކޮންމެ ކަސްޓަމަރަކަށް ޚާއްސަ ޔޫޒާނޭމަކާއި ޕާސްވޯޑެއް ލިބޭނެ އެވެ.
އޯޕަން ޓީވީއަކީ ދުނިޔޭގައި ޑިޖިޓަލް ޓެވެލިޜަންގެ ޚިދުމަތްދޭ ސޮފްޓްވެއާއެކެވެ. މި ޚިދުމަތް ރާއްޖޭގައި ދެނީ މީޑިއާނެޓާ ގުޅިގެންނެވެ. އޯޕަން ޓީވީގެ ޚިދުމަތް ހޯދުމަށް ފުރަތަމަ، އެޕްސްޓޯރ ނުވަތަ ގޫގްލް ޕްލޭއިން އޯޕަން ޓީވީގެ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރަން ޖެހޭނެ އެވެ. ނުވަތަ އޯޕަން ޓީވީގެ ޚިދުމަތްރާއްޖޭގައި ފޯރުކޮށްދޭ ވެބްސައިޓު މެދުވެރިކޮށް ވެސް އެ ޚިދުމަތް ހޯދޭނެ އެވެ.