01 May 2010, 15:26
14:30
ގައުމީ ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީ އެޕާޓީގެ ރައީސް ކަމުގައި މިހާރު ވެސް ހުންނެވި، ޑރ.ހަސަން ސައީދު ކަމަށް ވިޔަސް އެ މަގާމަށް މީހަކު އައްޔަންކުރަންވާނީ ކޮންގްރެސްގެ ވޯޓަކުން ކަމަށް، ޕާޓީގެ އަސާސީ ގަވާއިދަށް މިއަދު އިސްލާހް ގެނެސްފި އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި މިހާރު ކުރިއަށްދާ ގައުމީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް 17 އިސްލާހެއް ހުށަހަޅާފައިވާއިރު މިހާތަނަށް 12 އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. ޕާޓީގެ ރައީސް ކަމަށް އެންމެ ބޭފުޅަކު ކުރިމަތިނ ލެއްވިޔަސް އެމަގާމަށް ހޮވަންޖެހޭނީ ވޯޓުލައިގެން ކަމަށް އަސާސީގަވާއިދަށް ގެނައި އިސްލާހްގައި ރައީސްކަމަށް ކުރމަތިލެއްވި މީހާ ނު ހޮވިއްޖެނަމަ ގޮންގްރެސް ތެރެއިން އެ މަގާމަށް މީހަކު ކުރިމަތިލާން ޖެހޭނެ ކަމަށާއި ރައީސަކު ހޮވުމުގެ ޕްރޮސެސް ދާންޖެހޭނީ އެގޮތަށް ކަމަށް ވެސް ވަނީ ހިމަނައިފަ އެވެ.
ޕާޓީގެ ރައީސް ކަމަށް ހަސަން ސައީދު ކުރިމަތިލައްވާފައިވާއިރު ޕާޓީގެ ނާއިބު ރައީސް ކަމަށް ހަތަރު ބޭފުލަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، އަބްދުލް މަތީނު މުހައްމަދާއި، އިމާދު ސޯލިހު ހިމެނިވަޑައިގަންނަވާ. ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރެއްނަމަ ޕާޓީގެ ނާއިބްރައީސްކަމަށް އޮޓަމެޓިކުން ހޮވޭނެ އެވެ. އެހެންކަމުން ރިޔާޒު ރަޝީދު ވަނީ ނާއިބު ރައީސެއްގެ ގޮތުގައި ހަމަޖެހިފަ އެވެ. ނަމަވެސް ދެން ތިއްބެވި ތިން މެންބަރުންގެ މެދުގައި ވޯޓަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕާޓީގެ އެހެނިހެން މަގާމު ތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ކަމަށް އަބްދުﷲ އަމީން ކުރިމަތިލައްވާފައިވާއިރު، ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް މުހައްމަދު މަލީހު ވަނީ ކުރިމަތި ލައްވައިފަ އެވެ.