ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ އިމްތިހާނު ނިންމައި މިއަދު ރިޕޯޓު ފޮތް ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ރިޕޯޓު ފޮތް ދީފައިވާ އިރު، މިއަދުން ފެށިގެން ސްކޫލުތައް ވަނީ ޓާމު ޗުއްޓީއަށް ބަންދުކޮށްފަ އެވެ.

ޓާމު ޗުއްޓީގެ ގޮތުގައި ހަފްތާއެއް ލިބޭ އިރު، ސްކޫލުތައް އަލުން ހުޅުވައި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ޖުމުލަ 75755 ދަރިވަރުންނާ އެކު އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސްކޫލްތަކުން 28533 ދަރިވަރުންނާއި އަތޮޅުތަކުން 47222 ދަރިވަރުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.