އަނބިމީހާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ލ. ގަމު ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

ގަމު ކައުންސިލްގެ ރައީސް އަހުމަދު ސޮލާހު "ސަން"އަށް ވިދާޅުވީ ކައުންސިލަރު އަސްލަމް މުހައްމަދު ހައްޔަރުކުރި ކަމުގެ އަޑުތައް އުޅޭތީ ފުލުހުންނާ ސުވާލުކުރުމުން އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަނބިމީހާ އަށް އަނިޔާކޮށް، އަނބިމީހާގެ ގައިގައި ޖަހައި، ބިރުދެއްކި ކަމުގެ ތުހުމަތުގައި ގަމުން ރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ތަފްސީލު ނުދެއްވަ އެވެ.

އަސްލަމާއި އޭނާގެ އަނބިމީހާއާ ދެ މީހުން ޒުވާބު ކުރާ އޯޑިއޯ އެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.