09 Jun 2016, 11:19
އއ. ހިމަންދޫގައި ކޯޓު އަމުރެއްގެ ދަށުން މަންމައާ ހަވާލުކުރި ތުއްތު ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ އޭނާ އިއްޔެ ހައްޔަރުކުރީ ކޯޓު އަމުރެއް ތަންފީޒު ކުރުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ބައްޕަގެ ބެލުމުގެ ދަށުގައި ހުރި އެ ކުއްޖާ މަންމައާ ހަވާލުކުރީ ފެމެލީ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމެއް އިއްޔެ ހިމަންދޫއަށް ގޮސް ކޯޓު އަމުރު ތަންފީޒު ކުރުމަށް ކުރި މަސައްކަތަށް އިތުރު ބަޔަކު ވެސް ހުރަސްއަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ޝާމިލްވި އެންމެންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކޯޓު އަމުރުގައިވާ ގޮތުގެމަތިން ފުލުހުން މިހާރު ވަނީ އެކުއްޖާ މަންމައާ ހަވާލުކޮށްފަ އެވެ.