09 Jun 2016, 10:59
ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ފަހު މެޗުން 7-0ގެ ނަތީޖާ އަކުން އެސްޓީނިއާގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ފަހު މެޗުގައި އެސްޓީނިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޕޯޗުގަލްގައި ލިޒްބަންގައި ކުޅުނު އެމެޗުގައި ޕޯޗުގަލްގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެން ދިޔަ އިރު ކެޕްޓަން ރޮނާލްޑޯ އަދި ރިކާޑޯ ކުއަރެސްމާ ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ޔޫރޯ އަށް ތައްޔާރު ވުމުގެ ގޮތުން ޕޯޗުގަލް އެކުވެރިކަމުގެ ތިން މެޗު ކުޅުނު އިރު ކުރީ ދެ މެޗުގައި ޗުއްޓީއެއްގައި ހުރުމުގެ ސަބަބުން ރޮނާލްޑޯ އެއް ނުކުޅު އެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ފަހު މެޗުގައި އެސްޓީނިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޕޯޗުގަލްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޑެނީލޯ އާއި އެޑާ ކާމިޔާބު ކޮށްދިން އިރު ތިން ވަނަ ލަނޑަކީ އެސްޓޯނިއާގެ ކެރޯލް މެޓްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް ކުޅުނު ފަހު މެޗުގައި އެސްޓީނިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މާދަމާ ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ލައްވާލީ އޮސްޓްރިއާ އާއި ހަންގޭރީގެ އިތުރުން އައިސްލޭންޑްއާ އެކު ގުރޫޕް އެފްގަ އެވެ. މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނިކުންނާނީ އައިސްލޭންޑްއާ ދެކޮޅަށެވެ.