09 Jun 2016, 10:06
ބޭނުންވާ ތަކެތި:
ްް1/2 ޖޯޑު ބަޓަރު
200ގ ޑާކް ޗޮކްލެޓް
1/2 ޖޯޑު ހަކުރު
3 މޭޒުމަތީ ސަމުސާ ފުށް
1/4 ސައިސަމުސާ ލޮނު
4 ބިސް
1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު
1/2 ސައިސަމުސާ ވެނީލާ އެސެންސް
ބަޓަރު
ތައްޔާރު ކުރާނެ ގޮތް:
ތަވައެއްގައި ޗޮކްލެޓް އަދި ބަޓަރު ދިޔާކުރާށެވެ. އެއަށް ފަހު އޭގެ ތެރެއަށް އެސެންސް އަޅައި ގިރާލާށެވެ.
ބޮޑު ބޯތަށްޓެއްގައި ހަކުރު، ފުށް އަދި ލޮނު އެއްކޮށްލާށެވެ. އެއަށް ފަހު ކުރިން ތައްޔާރު ކުރި ޗޮކްލެޓް މިކްސް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށް ފަހު ފަހަރަކު ބިހެއް އަޅައި ގިރަމުން ގެންދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެކުވުމުން މަފިން ފިހަން ބޭނުންކުރާ ތަށީގައި ކޮކޯ ޕައުޑަރު ހޭކުމަށް ފަހު، ތަށީގެ މެދެއްހާ ހިސާބަށް މިކްސް އެޅުމަށް ފަހު 20 - 30 މިނެޓު ވަންދެން ފިހެލާށެވެ.