08 Jun 2016, 23:42
ޝީބިލްޑިންގެ ހަ ވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެއީ މީހުން ދިރިއުޅޭ އެޕާޓްމަންޓެކެވެ. އެ އެޕާޓްމެންޓުގައި ހަ މީހުން ދިރިއުޅޭއިރު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެޕާޓްމަންޓަށްވެސް މާކަބޮޑު ގެއްލުމެއްނުވާ ކަމަށް އެގޭގައި އުޅޭ ފަރާތަކުން ބުންޏެވެ. އަދި ކުޑަނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނޭނގެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ވަނީ، އަލިފާން ބޮޑަށް ރޯނުވަނީސް ކޮންޓްރޯލްކޮށްފައެވެ.
އެގޭގައި ދިރިއުޅޭ ފަރާތަކުން ސަން އަށް މައުލޫމާތު ދެމުން ބުނީ ނިދަން ތިއްބައި ހޭލެވުނީ ރަބަރު އަނދާވަސް ދުވާތީ ކަމަށާއި ބެލިއިރު އަލިފާން ހިފާފައި ހުރީ އުނދުނުގައި ކަމަށެވެ.
އެވަގުތު އެއެޕާޓްމެންޓުގައި ތިބީ އެބައިގަ ދިރިއުޅޭ ތިން އަންހެނުން އެކަންޏެވެ. އޭގެ ތެރޭގައި ދުވަސްވީ މީހަކު ހިމެނެއެވެ.