08 Jun 2016, 20:43
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޔޫރޯއަށް ހާއްސަކޮށް، ހިޓާޗީ ޓީވީތަކެއް ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯއިން ބުނީ އެކުންފުނީގެ ހޯމް އިމްޕްރޫވްމަންޓުން ކުރިއަށްގެންދާ ޕްރޮމޯޝަން "ޔޫރޯފޯރިއާ" ގައި އަގުހެޔޮކޮށް ކަސްޓަމަރުންނަށް ޓީވީ ފޯރުކޮށްދިނުމުގެ ގޮތުން ހިޓާޗީ ބްރޭންޑްގެ ޓީވީ ބާޒާރަށް ނެރެފައިވާ ކަމަށެވެ. އެ ޓީވީތަކަކީ ޔޫރޯއަށް ހާއްސަކޮށް އެސްޓީއޯއިން ގެނައި ޓީވީތަކެއް ކަމަށްވެސް ބުންޏެވެ.
އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގައި ހިޓާޗީ ބްރޭންޑްގެ ޓީވީތަކުގެ ތެރެއިން ވަކި މޮޑެލްއެއްގެ ޓީވީ ގަތުމުން މީޑިއާނެޓްގެ އޯޕެން ޓީވީ މޮޑެމްއެއް ލިބޭނެ ކަމަށެވެ.
އެ މޮޑެލް ތަކަކީ:
- HITACHI LED TV 50" LE50VZS01AI
- HITACHI LED TV 55" LD55SY11A
- HITACHI LED TV 65" LD65SY11A
އެސްޓީއޯއިން ގަންނަ ހިޓާޗީ ބްރޭންޑްގެ ކޮންމެ ޓީވީއަކަށް އެއް އަހަރު ދުވަހުގެ ސާވިސް ވޮރެންޓީ ދެއެވެ. އަދި ސާވިސްގެ ހިދުމަތް އެސްޓީއޯ ސާވިސް ސެންޓަރުން ލިބޭނެއެވެ.