ބޭނުންވާ ތަކެތި:

  • 1 1/2 ޖޯޑު ފެން،
  • 1 1/2 ޖޯޑު ހިކި މޭބިސްކަދުރު،
  • 3/4 ޖޯޑު ކަދުރު (ކުދިކޮށް ކޮށާފައި)،
  • 1 ސައިސަމިސާ ބޭކިން ޕައުޑަރު،
  • 1/2 ޖޯޑު ބަޓަރު،
  • 3/4 ޖޯޑު ހަކުރު،
  • 2 ބިސް 1 ސައިސަމުސާ ވެނީލާ އެސެންސް،
  • 1 1/2 ޖޯޑު ފުށް،
  • 1/4 ސައިސަމުސާ ލޮނު،
  • 4 މޭޒުމަތީ ސަމުސާ ބަޓަރު،
  • 1/2 ބުރައުން ޝުގާ،
  • 2 މޭޒުމަތީ ސަމުސާ ހެވީ ކުރީމް،
  • 1/2 ޖޯޑު ވޯލްނަޓް (ކުދިކޮށް ކޮށާފައި)،

ތައްޔާރު ކުރާނެ ގޮތް:

  1. އަވަން 175 ޑިގްރީގައި ބަހައްޓާށެވެ.
  2. ތެއްޔަކަށް ފެނާއި ހިކި މޭބިސްކަދުރު އެޅުމަށްފަހު ފަސް ވަރަކަށް މިނެޓު ކައްކާލާށެވެ. ތެލި އުނދުން މަތިން ބޭލުމަށް ފަހު އޭގެ ތެރެއަށް ކަދުރާއި ބޭކިން ޕައުޑަރު އަޅައި ގިރާލާށެވެ.
  3. ބޮޑު ބޯތަށްޓެއްގައި 1/2 ޖޯޑު ބަޓަރު އަދި 3/4 ޖޯޑު ހަކުރު އެއްކޮށް ގިރާށެވެ. ދެން ފަހަރަކު ބިހެއް އަޅައި ގިރަމުން ގެންދާށެވެ. އެއަށްފަހު ވެނީލާ އެސެންސް އެއްކޮށް، ފުށާއި ލޮނު އަޅައި ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކަދުރު މިކްސް އެއްކޮށް ގިރާލުމަށްފަހު، އަވަނަށް ލައި 45 މިނެޓު ވަންދެން ފިހެލާށެވެ.

ޓޮޕިންގ:

ތަވައެއްގައި ހަތަރު މޭޒުމަތީ ސަމުސާ ބަޓަރު ވިރުވުމަށްފަހު، އޭގެ ތެރެއަށް ބުރައުން ޝުގާ އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ކޭކުގެ މަތީގައި އުނގުޅާލާށެވެ.