08 Jun 2016, 10:42
ބޭނުންވާ ތަކެތި:
- 6 ފޮތި ޕާން،
- 2 ސައި ސަމުސާ ތެޔޮ،
- 1 ފިޔާ (ކުދިކޮށް ކޮށާފައި)،
- 1 އަލުވި،
- 1 ކެރެޓު ރީނދޫ ކޮޅެއް،
- 1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި)،
- 1/2 ސައިސަމުސާ އިނގުރު (ގާނާފައި)،
- 1/2 މޭޒުމަތީ ސަމުސާ ޗިލީ ޕައުޑަރު،
- 1/4 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ،
- 1 މޭޒުމަތީ ސަމުސާ ކޮރިއެންޑާ ފަތް (ކުދިކޮށް ކޮށާފައި)،
- 1 މޭޒުމަތީ ސަމުސާ ތެޔޮ،
- ލޮނު ކޮޅެއް.
ތައްޔާރު ކުރާނެ ގޮތް:
- ތަރުކާރީތައް (ކެރެޓު، އަލުވި، ކޮރިއެންޑާ) ކުދިކޮށް ކޮށުމަށްފަހު، މަޑުވަންދެން ފެނުކައްކާށެވެ. ފެންގަނޑުގެ ތެރެއަށް ރީނދޫ ކޮޅު އަޅަން ހަނދާން ބަހައްޓާށެވެ.
- ހުރިހާ އެއްޗެއް މަޑުވުމުން އަލުވި ރަނގަޅަށް މޮޑެ، އޭގެ ތެރެއަށް ފެނުކެއްކި ތަރުކާރީތައް އަޅައި އެއްކޮށްލާށެވެ.
- އެއަށްފަހު ތަވަޔަކަށް ތެލާއި ފިޔާ، އިނގުރު އަދި ލޮނުމެދު އެޅުމަށްފަހު ފިޔާގަނޑު މީރުކޮށްލާށެވެ.
- އެއަށްފަހު އޭގެ ތެރެއަށް ކުރިން މޮޑުނު އަލުވި މަސްގަނޑު އެއްކޮށް، ޗިލީ ޕައުޑަރު އަދި ގަރަމް މަސާލާ އަޅައި ފަސް ވަރަކަށް މިނެޓު މަޑު ގިނީގައި ބަހައްޓާށެވެ.
- ބްރެޑް ރޯލްސް ތައްޔާރު ކުރުމަށް، ޕާން ފޮތީގެ އަރިމަތީ ކައިރި ކެފުމަށް ފަހު، ރޮށި ދަމަން ގެންގުޅޭ ރޯލަރުން ޕާން ފޮތިތައް ފަތުރާލާށެވެ.
- އެއަށްފަހު ޕާނުގައި ކުޑަ ބަޓަރުކޮޅެއް އުނގުޅުމަށް ފަހު، މޭޒުމަތީ ސަމުސަލެއްގެ މިންވަރަށް އަލުވި މަސްގަނޑު އަޅައި ރޯލް އަކަށް ވާގޮތަށް އޮޅާލައި ރަނގަޅަށް ބައްދާލާށެވެ.
- ރޯލްގެ ވަށައިގެން ކުޑަ ތެޔޮފޮދެއް އުނގުޅުމަށް ފަހު 200 ޑިގްރީގައި 20 ވަރަކަށް މިނެޓު ވަންދެން ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން ބޭކެޑް ބްރެޑް ރޯލްސް ތައްޔާރުވީ އެވެ.