ފުލުހުންގެ ސައިކަލްތަކެއްގައި ހުޅުޖަހާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހއ. ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނައީމް ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްުޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ސައިކަލްތަކެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރުދިން 34 އަހަރުގެ މީހަކު އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.