08 Jun 2016, 09:43
ފަހަކަށް އައިސް "ދަ ސަނީ ސައިޑް އޮފަ ލައިފް" ވެފައި މިވަނީ ހަމަގައިމު ވެސް ބޮލީވުޑުގެ ގިނަ ފަންނާނުންގެ ޗުއްޓީ މަންޒިލަށެވެ. މި އަހަރު ތެރޭގައި ބޮލީވުޑުގެ ގިނަ ތަރިންތަކެއް ރާއްޖެ އަންނަކަން މިވަނީ ފާހަގަވެފަ އެވެ.
ޝާހިދު ކަޕޫރުގެ ދެމަފިރިންނާއި، ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރު އަދި އާޝީޝް ޗޯދުރީގެ ދެމަފިރިންނަށް ފަހު އެންމެ ފަހުން ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްފައި ވަނީ އެކްޓްރެސް އަދި ޕްރެޒެންޓަރު މަންދިރާ ބޭދީ އެވެ.
ޓީވީ ޑްރާމާތަކުން ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މަންދިރާ މިދިޔަ ހަފްތާގައި ރާއްޖެ އައިސްފައި ވަނީ އޭނާގެ ފިރިމީހާ އަދި ދަރިފުޅާ ވެސް އެކު އެވެ. ހައިޑް އަވޭ ބީޗް ރިސޯޓު އެންޑް ސްޕާގައި ފަސް ވަރަަކަށް ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމަށް ފަހު މަންދިރާ އާއި އޭނާގެ އާއިލާ އެނބުރި އިންޑިއާ އަށް ގޮސްފައި ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބެގެންނެވެ.
މަންދިރާ އަދި އޭނާގެ ދަރިފުޅު ރާއްޖޭގައި ---
މަންދިރާ ދިޔައީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ގަވާއިދުން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް، އޭނާގެ އިހުސާސްތައް ކިޔައިދެމުންނެވެ.
މަންދިރާ ރާއްޖެ އައިސް ވަނީ މޫދު ކުޅިވަރު ކުޅެ، ސްނޯކްލިން އަށް ވެސް ގޮސްފަ އެވެ. ސްނޯކްލިން އަށް ގޮސް ކަނޑުއަޑީގައި ނަގާފައިވާ ފޮޓޯ އަކާ އެކު ބުނެފައި ވަނީ، ކަނޑު އަޑީގައި އޭނާ ރީތި ނުވި ނަމަވެސް، ކަނޑުއަޑީގައި ކުރެވުނު އިހުސާސް އަކީ މުޅިން ތަފާތު އަދި ދުވަހަކު ވެސް ނުކުރެވޭނެ އިހުސާސެއް ކަމަށެވެ.
ކަނޑު އަޑީގެ ރީތިކަމަށް ތައުރީފު ކުރަމުން މަންދިރާ ބުނީ އެެއީ ފަރުވާ އެއް ކަމަށެވެ.
މަންދިރާ ބޭދީ ޖެޓް ސްކީ ދުއްވަނީ: މަންދިރާ އަށް އެންމެ ބޮޑަށް --ކަމުދިޔައީ ރާއްޖޭގެ ރީތި މޫދު ---
އޭގެ އިތުރުން ވެސް މަންދިރާ ވަނީ ރާއްޖޭގެ މޫދާއި، ގޮނޑުދޮށަށް ވެސް ތައުރީފު ކޮށްފަ އެވެ. މަންދިރާ ބުނީ ރާއްޖޭގެ ކަނޑުގައި ވަނީ އެންމެ ރީތި ނޫކުލަ ކަމަށާއި އިތުރު އެހެން ކަމެއް ބޭނުން ނުވާ ކަމަށެވެ.
އޭނާ އިންސްޓަގްރާމް ކުރި އިތުރު ފޮޓޯއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކެމެރާގެ ލެންސް އަމާޒުކޮށްލާ ކޮންމެ ދިމާލަކީ ވެސް "ޕިކްޗާ ޕޯސްޓްކާޑެއް" ކަމަށެވެ.
މަންދިރާގެ އާއިލާ ރާއްޖޭގައި ގަހެއް އިންދަނީ. އޭނާ ވަނި ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ---
ތިމާވެށީގެ ދުވަހު މަންދިރާ އާއި އޭނާގެ ފިރިމީހާ އަދި ދަރިފުޅު ވަނީ، އެ ތިން މީހުންގެ ނަމުގައި ރިސޯޓުގައި ގަހެއް ވެސް އިންދައިފަ އެވެ.