ބޮލީވުޑުގެ ކުޅަދާނަ އެކްޓްރެސް ވިދްޔާ ބާލަން، އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރުގެ ފިލްމުތަކުގައި މަސައްކަތް ނުކޮށް ވޭތޯ ބަލަނީ ދެމީހުންގެ ކައިވެނި ދަމަހައްޓަން ކަމަށް އޭނާ ވިދްޔާ ބުނެފި އެވެ.

ވިދްޔާ ބުނީ ކައިވެންޏާ މެދު ވިސްނާފައި، ފިރިމީހާ ޕްރޮޑިއުސް ކުރާ ވަރަށް މޮޅު ފިލްމުތަކަށް ވެސް ނޫނެކޭ ބުނެފައި ހުންނާނެ ކަމަށެވެ.

"އެކަމަކު އެއީ ކައިވެންޏަށް ޓަކައި ކޮންމެހެން ވެސް ވާން ޖެހޭ ގުރުބާނީއެއްގެ ގޮތުގައި އަހަރެން ދެކެނީ. ދެމީހުންގެ އަމިއްލަ ދިރިއުޅުމާ ޕްރޮފެޝަނަލް ދިރިއުޅުން އެއް ނުކުރުމަކީ އަހަރެން ގަބޫލު ކުރާ ގޮތް،" ވިދްޔާ ބުނެފައިވެ އެވެ.

ވިދްޔާ ބުނީ ދެމީހުން އެކުގައި މަސައްކަތް ނުކުރި ނަމަވެސް، ދެމީހުން ވެސް މަސައްކަތާ ގުޅުން ހުރި ވާހަކަ ދައްކައި އެކަކު އަނެކަކަށް އެހީތެރިވާ ކަމަށެވެ.

ވިދްޔާ ދެން އެންމެ އަވަހަށް ފެންނާނީ ސުޖޯއި ގޯޝް ޕްރޮޑިއުސް ކުރާ ތުރިލާ ފިލްމު "ޓީއީ 3އެން" އިން ނެވެ.

އެ ފިލްމުގައި ވިދްޔާ އާއެކު ދެން ފެނިގެންދާނީ އަމީތާބް ބައްޗަން އަދި ނަވާޒުއްދީން ސިއްދީގު އެވެ. (އެންޑީޓީވީ މޫވީސް)