01 May 2010, 15:24
14:30
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ލޭބަރ ޔޫނިއަންގެ ފަރާތުން މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހިނގާޅުމެއް ބާއްވަން ހަމަޖައްސައިފި އެވެ.
ލޭބަ ޔޫނިއަންގެ ނާއިބު ރައީސް މުހައްމަދު އަލީ ވިދާޅުވީ، ހަވީދު ހަތަރުގަޑި ސުންމިނެޓުން ފެށިގެން ކަސްޓަމް ސަރަހައްދުން ފަށާ މި ހިނގާލުން މަޖީދީ މަގާއި އަމީނީމަގުން ގޮސް ނިންމާލުމަށް ހަމަޖެހިފައިވަނީ ވެސް ކަސްޓަމް ސަރަހައްދަށެވެ. މި ހިނގާލުމުގައި، މަސައްކަތްތެރިންނަށް ދިމާވާ މައްސަލަ ތަކާއި، އެމީހުންނަށް ހުރި ގޮންޖެހުންތަކާބެހޭ ލިޔުންތައް ބޭނުންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ހިނގާޅުމުގެ ބޭނުމްކީ، މިއަދު ފާހަގަކުރަމުންމިދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމާއި، މަސައްކަތްތެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން ކަމުގައި ވެސް މުހައްމަދު އަލީ ވިދާޅުވި އެވެ.