ބޭނުންވާ ތަކެތި:

1/2 ކިލޯ އަލުވި

3/4 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)

2 ލީކްސް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނު

1/2 މޭޒުމަތީ ސަމުސާ އަސޭމިރުސް

ތެޔޮ ފޮދެއް

ތައްޔާރުކުރާނެ ގޮތް:

އަލުވިތައް ފެނުކެއްކުމަށް ފަހު، ހޫނުކަން ކެނޑުމުން ތޮށި މެށުމަށް ފަހު ގާނާލާށެވެ.

އެއަށް ފަހު ބޯތަށްޓަކަށް އަލުވި، ލީކްސް، ލޮނު، އަދި އަސޭމިރުސް އަޅައި ރަނގަޅަށް މޮޑެލުމަށްފަހު ގުޅަ ހަދާށެވެ.

އެއަށް ފަހު ގުޅަތަކުގެ މައްޗަށް ތެޔޮ ފޮދެއް ބުރުވާލުމަށް ފަހު، ކޮންމެ ފުށެއް 15 މިނެޓު ވަންދެން ފިހާށެވެ.

ރަނގަޅަށް ފިހެވުމުން ސޯސް އާއެކު ސާވް ކުރާށެވެ.