ބޭނުންވާ ތަކެތި:

1 ޕެކެޓު ކޭކް މިކްސް

1 ޕެކެޓު ޗޮކުލެޓް ޕުޑިންގ މިކްސް

1 ޖޯޑު ސަވާ ކްރީމް (ހުތް ކުރީމް)

1 ޖޯޑު ކިރު

1/2 ޖޯޑު ކައްކާ ތެޔޮ

1/2 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ބޯތަށްޓެއްގައި ހަތަރު ބިސް ރަނގަޅަށް ގިރާލުމަށް ފަހު އޭގެ ތެރެއަށް ކޭކް މިކްސް އާއި ޕުޑިން މިކްސް، ސަވަ ކުރީމް، ތެޔޮ އަދި ފެން އެޅުމަށް ފަހު ހުރިހާ އެއްޗެއް އެކުވަންދެން ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ދެ ޖޯޑު ޗޮކްލެޓް ޗިޕްސް އެއްކޮށްލާށެވެ.

ކޭކު ފިހާ ތަށީގައި ބަޓަރު ހޭކުމަށް ފަހު، ކޭކު އަވަނަށް ލައި ފިހެލާށެވެ. ގާތްގަނޑަށް 50 ވަރަކަށް މިނެޓު ވަންދެން ކޭކު ފިހުމަށް ފަހު، ކޭކުގެ ހޫނުކަން ކެނޑެން ދެން މަޑުކޮށްލާށެވެ.

އެއަށް ފަހު ބަޓަރު ދިޔާކުރުމަށް ފަހު، އޭގެ ތެރެއަށް އެއް ޖޯޑު ޗޮކްލެޓް ޗިޕްސް އަޅައި ހޫނުކޮށްލާށެވެ. އެއަށްފަހު ކޭކުގެ މަތީގައި އުނގުޅާލާށެވެ.