އިންޑޮނޭޝިއާގެ ސަރަހައްދަކަށް 6.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ސެއިސްމޮލޮޖިސްޓުން ބުނާ ގޮތުގައި، އެ ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ މަލުކޫ ޕްރޮވިންސްގެ ސައުތު ބުރޫ ރީޖެންސީ ކައިރިން، ބަންޑާ ކަނޑަށެވެ. މިއީ އިންޑޮނޭޝިއާގެ ޖަޒީރާތަކުގެ މެދުތެރޭގައި އޮންނަ ސަރަހައްދެކެވެ.

މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 445 ކިލޯ މީޓަރު އަޑިންނެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ދީފައި ނުވި ނަމަވެސް، ބިންހެލުމުގެ ލޮޅުންގަނޑު ބޮޑު ސަރަހައްދަކަށް އިހްސާސް ކުރެވިފައިވެ އެވެ.