ރަމަޟާން މަހާ ދިމާކޮށް، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީޢަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެސްޓީއޯގެ ފަރާތުން ބައެއް ތަކެތި ފޯރުކޮށްދީފަ އެވެ.

އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން އެސްޓީއޯ އިން ވަނީ، އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން އަދި އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަފާތު އައިޓަމްތައް ގުރައިދޫ މަރުކަޒަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް އެ މަރުކަޒަށް ހަދިޔާ ކުރީ ކޮން އެއްޗިއްސެއް ކަމެއް އެސްޓީއަކުން ނުބުނެ އެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު ވެސް ރޯދައާ ދިމާކޮށް، އެ މަރުކަޒަށް ގިނަ އަދަދެއްގެ އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ އެ މަރުކަޒުގެ ބަލި މީހުންގެ ހާލު ބެލުމަށް ކޮންމެ އަހަރަކު ވެސް އެތަނަށް އެސްޓީއޯ އިން ޒިޔާރަތް ކުރެ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ވެސް އެސްޓީއޯ އިން އެތަނަށް ޒިޔާރަތް ކުރި ކަމަށް އެކުންފުނިން ބުނެ އެވެ.