06 Jun 2016, 10:33
ބޭނުންވާ ތަކެތި:
1 ޕެކެޓް ކްރީމް ޗީޒް
- 1/4 ޖޯޑު މޮޒަރެއްލާ ޗީޒް (ކުދިކޮށް ކޮށާފައި)
- 3 ބޮނޑި ލޮނުމެދު (ޗިސްކޮށްފައި)
- 2 މޭޒުމަތި ސައިސަމުސާ ހިކި ކިރު
- 1/2 ފިޔާ (ޗިސްކޮށްފައި)
- 3 ސައިސަމުސާ ކޮރިއެންޑާ ފަތް (ކުދިކޮށް ކޮށާފައި)
- 5 ސައިސަމުސާ ބަޓަރު (ދިޔާކޮށްފައި)
- ސްޕްރިންގ ރޯލް ރެޕާސް
- 1/4 ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް:
ޗީޒާއި، ލޮނުމެދު އަދި ކިރު އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ފިޔާ އަދި ކޮރިއެންޑާ ފަތް އެޅުމަށްފަހު އެއްވަންދެެން ގިރާލާށެވެ.
- ސްޕްރިންގ ރޯލް ރެޕާސް 12x4 އިންޗި ހުންނަ ވަރަށް ތިނެސްކަނަށް ކަފާށެވެ. އެއަށްފަހު އޭގައި ކުޑަކޮށް ބަޓަރު އުނގުޅާލާށެވެ. އެއަށްފަހު ބަޖިޔާ ހަދާގޮތަށް ގޮށްޓެއް ހެދުމަށް ފަހު އޭގެ ތެރެއަށް ކުރިން ތައްޔާރު ކުރި ޗީޒް ގަނޑު ލުމަށްފަހު ގޮށި ބަންދުކޮށްލާށެވެ. ރަނގަޅަށް ގޮށި ބަންދު ކުރުމަށް ފަހު އަވަނަށް ލައި ފިހެލާށެވެ.
- ދެން ރަނގަޅަށް ތެލުލާށެވެ. ބޭނުން ނަމަ ފިހެލައިގެން ވެސް މީރު ވާނެ އެވެ.
* ސްޕްރިންގ ރޯލް ރެޕާސްގެ ބަދަލުގައި ފުށް މޮޑެގެން ވެސް ބޭނުންކުރެ އެވެ.