ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއާއި އެއް އަގެއްގައި ފެން ފޯރުކޮށްދިނުމުގެ ގޮތުން، އައިލެންޑް ބެވެރޭޖަސް މޯލްޑިވްސްގެ ފަރާތުން ވިލިމާލޭގައި އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފި އެވެ.

ވިލިމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

އައިލެންޑް ބެވެރޭޖަސް އިން ބުނީ ވިލިމާލޭގައި ގާއިމު ކުރެވިގެން ދިޔަ ސެންޓަރުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ކުދި ވިޔަފާރިތަކަށް ވެސް ފަސޭހަ ކަމާއެކު ފެން ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެ ސެންޓަރުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ޔަގީންވެ، ސަރުކާރުގެ ވަޒީފާގެ ސިޔާސަތަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް އައިލެންޑް ބެވަރޭޖަސް އިން ވަނީ ބުނެފައެވެ.

އެ ސެންޓަރުން މާލެއާ އެއް އަގެއްގައި ފެން ފޯރުކޮށްދޭ އިރު މިއަދު ވަނީ ވިލިމާލެއަށް ހާއްސަ ކޮށްގެން ޑެލިވަރީ ހޮޓްލައިން އެއް ވެސް ގާއިމު ކޮށްފައެވެ. އެ ކުންފުނިން ބުނީ9675544އަށް ގުޅުމުން، ވިލިމާލެ ރައްޔިތުންނަށް ތާޒާ ފެން ޑެލިވަރީ ހަމަޖެހިގެންދާނެ ކަމަށެވެ.