05 Jun 2016, 17:41
ހާޓް އެޓޭކެއް ޖެހި، ހާލު ސީރިއަސްވުމުގެ ސަބަބުން ތ. ވޭމަންޑޫއިން މާލެއަށް ހެލިކޮޕްޓަރުގައި މީހަކު އެއާލިފްޓު ކޮށްފި އެވެ.
ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުން ހާލު ދެރަވީ، ތ. ވޭމަންޑޫ އަންހެނެކެވެ. ހާޓް އެޓޭކް ޖެހުމުގެ ސަބަބުން މި ޕޭޝެންޓު ފުރަތަމަ އޮތީ ތ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައެވެ.
އޭނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން، އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި އޭއެލްއެޗު ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްފައެވެ. ޕޭޝަންޓާ އެކު އޭނާގެ އާއިލާގެ މެމްބަރަކާއި ދެ ޑޮކްޓަރުން ވެސް ހެލިކޮޕްޓަރުގައި މާލެ ގެނެވުނެވެ.
މި ހެލިކޮޕްޓަރަކީ، ލ. ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ މަރުކަޒުގައި ބޭސް ކޮށްފައި އޮންނަ މިލިޓަރީ ހެލިކޮޕްޓަރެކެވެ.
ޕޭޝަންޓް މާލެ ގެނެސް، ރޭ ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފައެވެ.
އެހެން ނަމަވެސް މި ޕޭޝަންޓުގެ ހާލާ ބެހޭގޮތުން އައިޖީއެމްއެޗުން މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.