ރާއްޖޭގެ ރަށްރަށުގައި ޓޭބަލް ޓެނިސް ތަރައްގީ ކުރުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ޗައިނާގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސޯޝަލް ސެންޓަރުގައި ހުންނަ ޓީޓީ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ޗެކް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެ އަށް ކަނޑަ އަޅާފައި ހުންނަވާ ސަފީރު ވޭންގް ފުކަން އެވެ. އެ ޗެކްއާ ހަވާލުވެލެއްވީ ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަހްމަދު ލަތީފް އެވެ.

ރާއްޖޭގެ ރަށްރަށުގައި ޓޭބަލް ޓެނިސް ތަރައްގީ ކުރުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ޗައިނާގެ ސަރުކާރުން އެހީތެރިކަން ފޯރު ކޮށްދިނުމަށް ޓީޓީ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި އެހީތެރިކަން ފޯރުކޮށްދިން ލިޔުންތަކުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ ލިޔުންތަކުގައި ސޮއިކުރެވީ ޗައިނާގެ ސަފީރު ވޭންގް ފުކަން އާއި ޓެނިސް އެސޯސިއޭޝަނުގެ ރައީސް ލަތީފް އެވެ.

ރާއްޖޭގެ ރަށްރަށުގައި ޓޭބަލް ޓެނިސް ތަރައްގީ ކުރުމަށް ޗައިނާ އިން އެހީތެރިކަން ފޯރު ކޮށްދެއްވި ކަމަށްޓަކައި ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.