05 Jun 2016, 11:20
މ. އަތޮޅު މުލީ ގެޔަކުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގަހަނާތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ ބުދަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން މުލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ ތަކެތި ހޯދާފައި ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. އަދި އެތަކެތި ފެނިފައި ވަނީ މުލީގައި މީހުން ދިރިނޫޅޭ ގެތަކެއް ހުންނަ ހިސާބެއްގައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
އެ ހަގަނާތަކުގެ ޖުމްލަ އަގު 23000 ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.