މާލެއިން ފުރައިގެން ވ. ފުލީދޫއަށް ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދިޔަ އައްޓަމަސް ދޯނި ވަނީ ބިންދައިގެން ގޮސްފައި ކަމަށާއި މަތީގައި ހުރީ ހަމައެކަނި ފިލާތައް ކަމަށް ކޯސްޓް ގާޑުން ބުނެފި އެވެ.

އެ ދޯނީގައި ތިބިމީހުން ނަގައިގެން ގެނައި ކޯސްޓުގައި ހުރި އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ދޯނި އަޑިއަށްގޮސްފައި ވަނީ ފުލުދޫ ކަނޑުގެ މެދާ ހިސާބަށް ކަމަށެވެ. އަދި ދޯނީގައި ހުރި ހުރިހާ ހިލަވެއްޔެއް ވެސް ވީ ކަނޑު އަޑީގައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ބިދޭސީ އެކެވެ. އޭގެތެރެއިން ދިވެއްސެއްގެ އަތަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުގެން ކޯސްޓްގާޑުން ބާލައިގެން އެމްބިއުލެންސްގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލިދުއަށް ދަތުރުކުރަމުން ދިޔަ އެދޯންޏަކީ އެރަށު ދޯންޏެކެވެ.