މާލެއިން ފުރައިގެން ވ. ފުލީދޫއަށް ހިލަވެލި ހިފައިގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލިދޫއަށް ދަތުރުކުރަމުންދަނިކޮށް އަޑިއަށް ދިޔައީ "އައްޓަމަސް" ނަމަކަށް ކިޔާ ދޯންޏެވެ. އެ ދޯނި އަޑިއަށް ދިޔައިރު ތިން މީހުން އެ ދޯނީގައި ދަތުރުކުރި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާނު މުހައްމަދު "ސަން"އަށް ވިދާޅުވީ އަޑިއަށް ދިޔަ އައްޓަމަސް ދޯނީގައި ތިބި ތިން މީހުން އެހެން އުޅަނދަކަށް ނަގާފައިވާ ކަމަށާއި އެމްއެންޑީއެފްގެ ހާބާ ކްރާފްޓް މިހާރު އެ ސަރަހައްދައް ދަތުރުކުރަމުންދާ ކަމަށެވެ.

ދޯނި ފުލިދުއަށް ދަތުރުކުރަމުން ދިޔަ ނަމަވެސް އެއީ ސީދާ ކޮންރަށެއްގެ ދޯންޏެއްކަން ސާފުނުވާ ކަމަށް އަދުނާން ވިދާޅުވި އެވެ.