04 Jun 2016, 13:52
ބިޔާދޫ ރިސޯޓު ކައިރިން ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި ރޯވެ މީހަކު ޒަޚަމް ވެއްޖެ އެވެ.
އެންއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު 1:20 އެހައިކަންހާއިރު ކަމަށާއި ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް ފަޔާ އެންޑް ރެސްކުއުގެ ޓީމް ފުރާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރޯވި ލޯންޗުގައި ތިބި އެންމެން އެ ރިސޯޓުގެ އެހީތެރިކަމާ އެކު ވަނީ ސަލާމަތްކޮށްފައި ކަމަށެވެ. އަދި ރޯވެފައިވާ އަލިފާން ކޮންޓްރޯލްކުރުމުގެ މަސައްކަތް އެ ރިސޯޓުން ކުރަމުން އަންނަ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ލޯންޗުން ދަތުރުކުރަމުން ދިޔައީ ޗައިނާގެ އަށް ފަތުރުވެރިޔަކާއި ދިވެހި ފިރިހެނަކު ކަމަށެވެ.
އެ ހާދިސާގައި ޗައިނާގެ ފަތުރުވެރިއަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ދިވެހި މީހާއަށް ކޮންމެވެސް ވަރެއްގެ ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.