04 Jun 2016, 10:56
މޯބައިލް ވެބް ބްރައުޒާއިން ފޭސްބުކް ބޭނުންކުރުން، ނުވަތަ ފޭސްބުކް މޯބައިލް ބޭނުންކުރާ އިރު އެ މެދުވެރިކޮށް މީހުންނަށް މެސެޖު ނުކުރެވޭ ގޮތް ފޭސްބުކް އިން ހަދަން ނިންމައިފި އެވެ.
ފޭސްބުކް އިން މިހެން ހަދަން ނިންމީ، އެކުންފުނިން އުފައްދާފައިވާ މެސެންޖާ އެޕް ބޭނުންކުރުމަށް ޔޫޒަރުންނަށް ބާރު އެޅުމުގެ ގޮތުންނެވެ.

މީގެ ކުރިން ވެސް ފޯނުން ފޭސްބުކް މޯބައިލް ވެބް އެޕްލިކޭޝަން ބޭނުންކުރާ އިރު، އިންބޮކްސް އަށް ދިއުމުން މެސެންޖާ އެޕް ޑައުންލޯޑު ކުރާށޭ ބުނާ މެސެޖެއް ދައްކަ އެވެ. އެ މެސެޖު "އިގްނޯ" ކޮށްލުމުގެ އޮޕްޝަން މިހާތަނަށް ލިބެމުން ދިޔަ ނަމަވެސް، މި އަހަރު ތެރޭގައި އެ އޮޕްޝަން ދެން އިގްނޯ ނުވަތަ ޑިސްމިސް ނުކުރެވޭނެ އެވެ.
ދެން ފޭސްބުކް ޔޫޒަރުންނަށް ލިބޭނެ ހަމައެކަނި ހައްލަކީ، ފޭސްބުކްގެ މެސެންޖާ އެޕް ޑައުންލޯޑު ކޮށް، އޭގެ ބޭނުން ކުރުމެވެ.
ފޭސްބުކް އެޕް މެދުވެރިކޮށް މެސެޖު ކުރުމުގެ ޚިދުމަތުގެ ބަދަލުގައި، މެސެންޖާ އެޕް އިން އެކަން ކުރަން ޖެހޭތީ ބައެއް ޔޫޒަރުންނަށް މިކަން ވެފައި ވަނީ އުނދަގުލަކަށެވެ.
އެހެން ނަމަވެސް، މިކަން ފަސޭހައަކަށް ބަލައި ގިނަ ބަޔަކު ވެސް ހަމަ އުޅެ އެވެ. ހަގީގަތަކީ، ފޭސްބުކް މި ވަނީ އެންމެންގެ ދިރިއުޅުމާ ވެސް ގުޅި ލާމެހިފަ އެވެ. އެހެން ކަމުން، ފޭސްބުކް ބޭނުންކުރުމުގައި ދެމިހުންނަން ބޭނުން ނަމަ ޖެހޭނީ ފޭސްބުކް އިން ނިންމާ ނިންމުމަކަށް އިހުތިރާމް ކުރާށޭވެ.