04 Jun 2016, 09:57
ދެހާސް ހަތް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޗަކް ދޭ އިންޑިއާ"ގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ކާމިޔާބު ޑައިރެކްޓަރު ފަރާ ހާން ބުނެފި އެވެ.
ފަރާ ހާން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޗަކް ދޭ އިންޑިއާގެ ދެވަނަ ފިލްމުގެ އޮޑިޝަން ފަށާފައިވާ ކަމަށެވެ. އަދި ޝާހު ވެސް ސަމާލުވުމަށް ފަރާ ވަނީ ބުނެފަ އެވެ.

ޝާހު އަދި ފަރާ ހާން: ޗަކް ދޭ! އިންޑިއާގެ ދެވަނަ ފިލްމަކަށް ފަރާ ވަނީ އޮޑިޝަން ފަށާފައި --
ނަމަވެސް ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް ފަރާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދެވަނަ ފިލްމުން ވެސް ޝާހު ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
Auditioning for Chak De india 2!!@iamsrkbeware..https://t.co/De944A5NIT
— Farah Khan (@TheFarahKhan)June 3, 2016
ޝާހު ރުކް ހާންގެ މޮޅު އެކްޓިން އެއް ފެނިގެން ދިޔަ "ޗަކް ދޭ އިންޑިއާ" ޑައިރެކްޓު ކޮށްފައި ވަނީ ޝުމިތު އަމަން އެވެ. އަދި 6.3 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް 40 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.
އެ ފިލްމަށް 30 އަށް ވުރެ ގިނަ އެވޯޑު ލިބިފައިވާ އިރު، އެ ފިލްމުން ޝާހު ވަނީ ހަ އެވޯޑެއް ހޯދައިފަ އެވެ.
އެ ފިލްމަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑާއި، އެންމެ މޮޅު ވާހަކަ އަދި އެންމެ މޮޅު ޑައިރެކްޝަން ފަދަ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ.