04 Jun 2016, 02:12
މާލޭގައި ދެ ކުއްޖެއްގެ ގަޔަށް ވަޅިހަރައި މަރާލުމާ ގުޅިގެން ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންގެ ދަށުން 19 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މ. ޖޭޑު ބަލައި ފާސްކޮށް އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހ. ދޫހިމެރިގެ އިން ހަތް މީހަކާއި މ. ލޮނުމިދިލިގެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ އެންމެން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.