މިރޭ މާލޭގައި ހިންގި އިތުރު މާރާމާރީއެއްގައި ވެސް 14 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ ކުއްޖާ މަރުވެފައި ވަނީ މިރޭ 22:05 އެހައިކަންހާއިރު މ. ޝަރުމާގޭ ތެރޭގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ކަމަށެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެކުއްޖާގެ ވައަތްފަރާތު ބުރަކަށީގެ ތިން ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އެކުއްޖާ މިރޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ސީރިއަސްކަމުން ވަގުތުން ގެންދިޔައީ އޮޕަރޭޝަން ތިއޭޓަރަށް ކަމަށް ޒީނަތު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި މަރުވީ މ. ޝަރުމާގޭ ފާތިރު މުހައްމަދު އަލީ އެވެ.