03 Jun 2016, 18:22
މާލޭގައި މިއަދު ހަވީރު ހިންގި ގްރޫޕު މާރާމާރީއެއްގައި ޒުވާނެއްގެ ކަރަށް ވަޅިހަރައި ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު ހަވީރު 5:45 ހާއިރު ދެ ބައެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަޚަމްވެ، ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އުމުރުން 14 އަހަރުގެ އެ ޒުވާނާގެ ކަރަށް ތޫނުއެއްޗެއް، ވަރަށް ފުންކޮށް ވަނީ ހަރާފައި ކަމަށެވެ.
އޭނާ އަށް އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
އެ ޒުވާނާގެ ކަރަށް ވަޅި ހަރާފައި ވަނީ ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގަ އެވެ.