މުއާސަލާތީ ކުންފުނި އުރީދޫ އާއި ފްރާންސްގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ހިންގާ ކޯޗިން ޕްރޮގްރާމް 200 ކުދިންނާއި އެކު މިއަދު ފަށާފައިވާ އިރު އެ ޕްރޮގްރާމް ވެގެންދާނީ ހުނަރުވެރި ކުދިންނަށް އެ ކުދިންގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކަށެވެ.

ޕީއެސްޖީ އެކަޑަމީގެ ތަޖުރިބާކާރު ދެ ކޯޗުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު ހެންވޭރު ދަނޑުގައި ފެށި އެ ޕްރޮގްރާމް މިއަދާއި މާދަމާ ކުރިއަށް ދާނީ ދެ ސެސަނަކަށް ބަލާލައިގެން ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދީ، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ބޭނުންވާ ތަމްރީނު ހޯދައިދީ، އެކުދިންގެ ހުނަރު ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ބައިވެރިވި 200 ކުދިންގެ ތެރޭގައި ހިމެނެނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާލެވުނު ހުނަރުވެރި ތަރިންނާއި، އުރީދޫގެ ޑިޖިޓަލް ކެމްޕޭންގެ ދަށުން ހޮވާލެވުނު އުމުރުން ހަ އަހަރާއި 16 އަހަރުގެ ދަރިވަރުންނެވެ.

އުރީދޫ-ޕީއެސްޖީ ކޯޗިން ކޭމްޕްގެ ތެރެއިން ---

އުރީދޫ އާއި ޕީއެސްޖީ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ ކޯޗިން ކޭމްޕަށް ބޮޑު ތަރްހީބެއް ލިބެމުންދާ އިރު އެ ޕްރޮގްރާމުން ފާހަގަ ކޮށްލެވޭ ހުނަރަވެރި ކުދިންނަށް އިތުރު ފުރުސަތުތަކެއް ވެސް ހޯދައިދިނުމަށް މަސަތްކަތް ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.