03 Jun 2016, 21:11
އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ޑީޖޭ އަދި ޕްރޮޑިއުސަރު ކަލްވިން ހެރިސް ވަކިވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، 15 މަސް ވަންދެން ރައްޓެހިވެގެން އުޅުނު އެ ދެމީހުންގެ ގުޅުމަށް ނިމުމެއް ގެނައީ ހެރިސް ބޭނުންވެގެންނެވެ. އެކަން ކަށަވަރުކޮށްދެމުން ހެރިސް ބުނެފައިވަނީ، ދެމީހުން ވަކިވި ނަމަވެސް ޓޭލާއަށް ލޯތްބާއި އިހުތިރާމް ނޫން އެއްޗެއް ނެތް ކަމަށެވެ.
ހެރިސްގެ އޮފިޝަލް ޓްވީޓާ އެކައުންޓުން އެ ޓްވީޓް ކުރުމުން، ޓޭލާ ވަނީ އެ ޓްވީޓް ރިޓުވީޓް ވެސް ކޮށްފައެވެ. ނަމަވެސް އެއަށް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ޓޭލާއާ ހެރިސް ވަކިވެފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ޓޭލާ ވަނީ އެ ދެމީހުންގެ ގުޅުމަކީ "ޖާދުލެއް ކަހަލަ" ގުޅުމެއް ކަމަށް ސިފަކޮށް، ކައިވެނި ކުރުމަށް ވެސް ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ބުނެފައެވެ. އަދި އެ ދެމީހުންގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މާރިޗް މަހުގެ ތެރޭގައި ވަނީ ޗުއްޓީ ހަދައި އެކަން ފާހަގަކޮށްފައެވެ.