LIVE: #AsianCupQualification #Playoffs: FT:  #Maldives 0-2 #Yemen
LIVE: #AsianCupQualification #Playoffs: FT: #Maldives 0-2 #Yemen

Last Updated:
9 year 6 month ago

ފުލްޓައިމް: ރާއްޖެ 0-2 ޔަމަން

    ބުލޮގު ޚުލާސާ

    އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި ރާއްޖެއާއި ޔަމަން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީނަށް މަރުހަބާ.

    LIVE: #AsianCupQualification #Playoffs: FT:  #Maldives 0-2 #Yemen
    LIVE: #AsianCupQualification #Playoffs: FT: #Maldives 0-2 #Yemen

    މިރޭ މި ދެޓީމު ބައްދަލުކުރާއިރު:

    LIVE: #AsianCupQualification #Playoffs: FT:  #Maldives 0-2 #Yemen
    LIVE: #AsianCupQualification #Playoffs: FT: #Maldives 0-2 #Yemen
    • މީގެ ކުރީން މިދެޓީމު ވަނީ ދެފަހަރެއްގެ މަތީން ބައްދަލުކޮށްފައި. އެ ދެ މެޗަކީ ވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ދެމެޗު.

    • 8 އޮކްޓޫބަރު 2007ގައި ޔަމަނުގައި ކުޅުނު މެޗުން ޔަމަނު ވަނީ ރާއްޖެ އަތުން 3-0 ލަނޑުން މޮޅުވެފައި.
    • 28 އޮކްޓޯބަރު 2007ގައި ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 2-0 ލަނޑުން ޔަމަނު އަތުން މޮޅުވެފައި.
    22:55އަލީ ރިފްޝާން

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ލަނޑުން ޔަމަން ކުރީގައި އޮވެގެން.

    22:53އަލީ ރިފްޝާން

    "+90 - ޔަމަނަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިއްޖެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބަދަލު ކުޅުންތެރިޔާ މުހައްމަދު އަލް ދަހީ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

    22:50އަލީ ރިފްޝާން

    ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

    22:48އަލީ ރިފްޝާން

    "88 - ޔަމަނުން އެ ޓީމުގެ ފަހު ބަދަލު ގެނެސްފި. އަބްދުލް ވަސީގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އަލް ދަހީ.

    22:46އަލީ ރިފްޝާން

    "86 - ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަކްރަމް އުފެއްދި ހަމަލާ ވެސް ކީޕަރު އިމްރާން މަތަކޮށްފި. މި މެޗުގައި އިމްރާނުގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އެބަދޭ.

    22:43އަލީ ރިފްޝާން

    "82 - ޔަމަނަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަބްދުލް ވަސީ ފޮނުވާލި ހަމަލާ، އިމްރާން ވަނީ މަތަކޮށްފަ. އޭނާ މަސައްކަތްކުރީ އިމްރާންގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން.

    22:42އަލީ ރިފްޝާން

    "81 - ރާއްޖެއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޔަމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ފާސިރު އުފެއްދި ހަމަލާ، ޔަމަނުގެ ކީޕަރު ވަނީ މަތަކޮށްފަ.

    22:40އަލީ ރިފްޝާން

    އައިމަން ދިން ބޯޅައަކުން ޔަމަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އަކްރަމް ހަމޫދު އަބްދޯ އަލް ރަފީ. ރާއްޖޭގެ ގޯލުގެ ތެރެއަށް އޭނާ ބޯޅަ ފޮނުވާލީ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ.

    22:39އަލީ ރިފްޝާން

    "79 - ޔަމަނުން އިތުރު ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފި.

    22:35އަލީ ރިފްޝާން

    "75 - ރާއްޖެއިން ބަދަލެއް. އިމްރާން ނަޝީދުގެ ބަދަލުގައި ކުޅެން ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު).

    22:30އަލީ ރިފްޝާން

    "70 - ޔަމަނުން އިތުރު ބަދަލެއް ގެނެސްފި. އަލާ މުހައްމަދު އަބްދުﷲ އަލް ސަސީގެ ބަދަލުގައި ކުޅެން ނުކުތީ އަކްރަމް ހަމޫދު އަބްދޯ އަލް ރަފީ.

    22:29އަލީ ރިފްޝާން

    "69 - ޔަމަނުން ބަދަލެއް ގެނެސްފި. އަހްމަދު އަލީ އަލް ހިފީގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އަބްދުﷲ އަހްމަދު އަލޯސް.

    22:28އަލީ ރިފްޝާން

    68" - އަހްމަދު އަބްދުﷲ (ލިލީ) ނަގައިދިން ހުރަސް، ނުރައްކާވުމުގެ ކުރިން ޔަމަނުގެ ކީޕަރު އެ ބޯޅަ ހޯދައިފި.

    22:22އަލީ ރިފްޝާން

    "64 - ޔަމަނުން ކައިރި ކައިރީގައި އުފެއްދި ދެ ހަމަލާއެއް ކީޕަރު އިމްރާން ހުޝިޔާރުކަމާއެކު މަތަކޮށްފި. ފުރަތަމަ ހަމަލާ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދީ ޔަމަނުގެ އަބްދުލް ވަސީ އަލް މަތާރީ. ރީބައުންސް ބޯޅައިން ދެވަނަ ހަމަލާ، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދީ އައިމަން އަލް ހަގްރީ.

    22:18މުއާވިޔަތު އަންވަރު

    ފުރަތަމަ ހާފުގައި ހޮކޭ އަށް ކުރިމަތިވެފައި ވަނީ ނޭވާ ހިތްލުމުގެ މައްސަލައެއް. މިހާރު އޭނާގެ ހާލު ރަނގަޅު.

    22:17އަލީ ރިފްޝާން

    "57 - ސަމްދޫހު ދުރުން އުފެއްދި ހަމަލާ ގޯލާ އަމާޒެއް ނުވި. އޭނާ އުފެއްދި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

    22:16އަލީ ރިފްޝާން

    ދެވަނަ ހާފު ރާއްޖެއިން ފެށީ ބަދަލަކާއެކު. އަސްހަދުގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ މުހައްމަދު އުމައިރު.

    22:14އަލީ ރިފްޝާން

    "54 - ފާސިރަށް ރީނދޫ ކާޑެއް ދައްކައިފި.

    22:08އަޙްމަދު މުޖްތަބާ

    "48- ރާއްޖޭ ޓީމުން ހަމަލާއެއް އުފަންދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި. ޔަމަނުގެ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ގޯލް ކުރިމައްޗަށް ސެންޓޭ ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކަށް ނުލިބި ދިޔައީ ބޭރަށް.

    22:05

    ދެވަނަ ހާފް ފަށައިފި.

    21:50އަލީ ރިފްޝާން

    ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔަމަނު ކުރީގައި އޮވެގެން.

    21:48އަލީ ރިފްޝާން

    "+45 - ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް. ނާޝިދު ނަގައިދިން ހުރަހަކުން އަސްހަދު ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް

    21:47އަޙްމަދު މުޖްތަބާ

    "45- ފުރަތަމަ ހާފްގެ 45 މިނިޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް ދީފި.

    21:46އަލީ ރިފްޝާން

    "44 - ޔަމަނަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. މުހައްމަދު އަލް ބުގްޝަން ދިން ބޯޅައަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަބްދުލް ވަސީ އަލް މަތާރީ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

    21:43އަޙްމަދު މުޖްތަބާ

    މީގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، ގަލޮޅު ދަނޑުގައި މެޗެއް ކުޅޭނަމަ، ސަޕޯޓަރުން ދަނޑަށް ވަދެ ދަނޑު ފުރާލާ މަންޒަރު ފެނިގެން ދިޔަ ނަމަވެސް މިހާރު އެމަންޒަރު ނުފެންނަކަން ހިތާމަޔާއެކު ފާހަގަކުރަން ޖެހޭ. އެގޮތުން މިރޭވެސް ދަނޑުގެ ސިޑިބަރީގެ ބޮޑުބައެއް އޮތީ ހުސްކޮށް، އަދި ގޮނޑިބަރިވެސް ނުފުރޭ. ގައުމީ ޓީމަށް ސަޕޯޓްކޮށް ދިނުމަށް ޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ވަނީ އާދޭހާއެކު ސަޕޯޓަރުންގެ ކިބައިން އެދިފައި.

    21:42އަލީ ރިފްޝާން

    ހޮކޭގެ ބަދަލުގައި ކުޅެން ނުކުތީ ސަމްދޫހު މުހައްމަދު.

    21:38އަޙްމަދު މުޖްތަބާ

    "36- ލިބުނު އަނިޔާއެއްގެ ސަބަބުން ދަނޑުން ބާލާފައި ވަނީ މުހައްމަދު ރަޝީދު (ހޮކޭ). އޭނާ ދަނޑުން ބޭލިގޮތަށް އެމްބިއުލެންސަށް އަރުވައިގެން ފަރުވާ ދިނުމަށް ގެންގޮސްފި.

    މުހައްމަދު ރަޝީދު (ހޮކޭ) އަށް ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކަށް ފަރުވާ ދިނުމަށް އިމަޖެންސީގައި ހޮޕިޓަލަށް ގެން އެމްބިއުލެންސަށް އަރުވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
    21:37

    ރާއްޖޭ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެގެން ދަނޑުން ބާލައިފި.

    21:35އަލީ ރިފްޝާން

    "32 - ޔަމަނަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިއްޖެ. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އައިމަން އަށް ލިބުނު ބޯޅައިން ހަމަލާ، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ.

    21:33

    ޔަމަނުގެ 17 އަހަރުގެ ކުޅުންތެރިޔާ އަހްމަދު އަލް ސަރޫރީ ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ އައިމަން އަލް ހަގްރީ. އޭނާއަށް ލިބުނު ބޯޅަ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ފަސޭހަކަމާއެކު ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައި.

    21:32އަލީ ރިފްޝާން

    "30 - ޔަމަނުން ލީޑު ނަގައިފި.

    ރާއްޖޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޔަމަން ކުޅުންތެރީން އުފާފާޅުކުރަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
    21:18އަލީ ރިފްޝާން

    މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިފައި.

    21:15އަލީ ރިފްޝާން

    "13 - ޔަމަނުން ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. ޔަމަނުގެ އަބްދުލް ވަސީ އަލް މަތާރީ ނަގައިދިން ހުރަހަކުން، ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އައިމަން އަލް ހަގްރީ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

    އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭއޯފް: ރާއްޖެ - ޔަމަން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
    21:11އަލީ ރިފްޝާން

    "10 - ރާއްޖެއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޔަމަނުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެފައި، ސެންޓޭ އުފެއްދި ހަމަލާ، ޔަމަނުގެ ގޯލްކީޕަރު އައްޔާޝް ވަނީ މަތަކޮށްފަ.

    21:05އަޙްމަދު މުޖްތަބާ

    "3 - ޔަމަން ޓީމުން ހަމަލާއެއް. ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ޔަމަން ޓީމުގެ އަހްމަދު އަލީ ނަގައިދިން ހުރަހަކުން އެޓީމުގެ އަލާ މުހައްމަދު ބޮލުން ޖަހައި ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުން ޖަހައި އޭރިޔާޢިން ބޭރަށް ފޮނުވާލީ.

    އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭއޯފް: ރާއްޖެ - ޔަމަން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
    21:02އަޙްމަދު މުޖްތަބާ

    މެޗު ފަށައިފި.

    21:01އަޙްމަދު މުޖްތަބާ

    މެޗު ފަށަނީ ޔަމަން ޓީމުން.

    20:59

    ރާއްޖޭ ޓީމުގެ ފުރަތަމަ 11:

    • އަބްދުﷲ އަހްމަދު
    • އަލީ ފާސިރު
    • އަސަދުﷲ އަބްދުﷲ
    • އިސްމާއީލް އީސާ
    • އަސްހަދު އަލީ
    • އަހްމަދު ނާޝިދު
    • އަމްދާން އަލީ
    • ޝާފިއު އަހްމަދު
    • މުހައްމަދު ރަޝީދު
    • އިމްރާން ނަޝީދު
    • އިމްރާން މުހައްމަދު (ގޯލްކީޕަރު) -ކެޕްޓަން
    20:58

    ދެ ޓީމުގެ ގައުމީ ސަލާމަށް ފަހު ކުޅުންތެރީންނާއި އޮފިޝަލުން ސަލާމްކުރަނީ.

    20:55

    މެޗު ފެށުމަށް ދެޓީމުގެ ކެޕްޓަނުންނާ އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.