ރާއްޖޭގައި ޖެނެރަލް އިންޝޫރަންސްގެ ޚިދުމަތް ދިނުމަށް 100 ޕަސަންޓު ދިވެހި ކުންފުންޏަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހުއްދަ ދީފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނި ގޮތުގައި، "ދިވެހި އިންޝޫރަންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް." އަށް އެ އޮތޯރިޓީ އިން މިއަދު ވަނީ ވިޔަފާރި ކުރުމުގެ ލައިސެންސް ދޫކޮށްފަ އެވެ.

އަދި މި ކުންފުންޏަށް ލައިސަންސް ދޫކުރީ، ކުރިޔަށް އޮތް ހަ މަސް ދުވަސް ތެރޭގައި ޚިދުމަތް ދޭން ފަށާ ގޮތަށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ދާދި ފަހުން ވެސް އެމްއެމްއޭ އިން ވަނީ 100 ޕަސަންޓު ދިވެހިން ހިއްސާވާ އިންޝުރަންސް ކުންފުންޏަކަށް ރާއްޖޭގައި ޚިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ. އެއީ ސޮލަރެލް އިންޝޫރަންސް އެވެ.

ރާއްޖޭގައި އިންޝޫރަންސް ޚިދުމަތްދޭ ކުންފުނިތައް މިހާރު ދަނީ އިތުރު ވަމުންނެވެ. ރާއްޖޭގައި އެ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރޭގައި އެލައިޑް އިންޝޫރަންސް، އަމާނާތަކާފުލް އަދި ސީލިންކޯ އިންޝޫރަންސް ހިމެނެ އެވެ.