ރަމަޟާން މަހާ ދިމާކޮށް ކައުންސިލުން ރަށު ރައްޔިތުންނަށްދޭ ހަދިޔާ އެއްގެ ގޮތުގައި ތ. ވޭމަންޑޫ ކޮންމެ ރައްޔިތަކަށް 100 ރުފިޔާ ބެހުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު މިއަދު ސަން އަށް ވިދާޅުވީ، އާބާދީގައި 1279 މީހުން ރަޖިސްޓްރީކޮށްފައިވާ އެ ރަށުގައި އާންމުކޮށް ދިރިއުޅޭ ކޮންމެ ރައްޔިތަކަށް 100 ރުފިޔާ ބަހަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ ރަށު ކައުންސިލް އިން ނިންމާފައި ވަނީ 127900 ރުފިޔާ ބެހުމަށެވެ.

ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ހަދިޔާ ދިނުމަށް އެކި ރަށްރަށުގެ ކައުންސިލްތަކުން ދަނީ ހަދިޔާ ބަހަމުންނެވެ.