ވިލާ ގޭސްއިން ވިއްކާ 10 ކިލޯގެ ގޭސް ފުޅީގެ އަގު ވެސް ހެޔޮކޮށްފި އެވެ.

ވިލާ ގޭސް އިން މައުލޫމާތުދޭ ގޮތުގައި، ކުރިން 210 ރުފިޔާ އަށް ވިއްކަމުން އައި 10 ކިލޯގެ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ފުޅި މިހާރު ވިއްކަނީ 200 ރުފިޔާ އަށެވެ.

ވިލާ ގޭހުން ގޭހުގެ އަގު ހެޔޮކޮށްފައި މި ވަނީ، މޯލްޑިވް ގޭސްއިން ވެސް މި ހަފްތާ ތެރޭގައި، އެކުންފުނިން 210 ރުފިޔާ އަށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ އަގު 200 އަށް ދަށް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރު މި ހަފްތާގައި "ސަން" އަށް ވިދާޅުވީ އެ ކުންފުނިން ގޭހުގެ އަގަށް ބަދަލު ގެނައީ ރޯދަ މަހު ގޭހުގެ ޑިމާންޑު މަތިވާތީ ކަމަށެވެ. އަދި އަގަށް ގެނައި ބަދަލާ އެކު ރަށްރަށުގައި ގޭސް ސަޕްލައިކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އަގުތައް ހެޔޮކުރާނެ ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވި އެވެ.