ހުޅުމާލޭ ހާބަރު ސަރަހައްދުގައި 58 "މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް" އެޅުމަށް ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަނާ އެވެ.

އަންގާރަ ދުވަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ބެޗް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

ބެޗް ކޮންސްޓްރަކްޝަނުގެ ހަރަދުގައި އެ މަސައްކަތް ނިންމަން ދީފައި ވަނީ 26 މަސް ދުވަސް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އެޗްޑީސީ އިން ބުނީ ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ގިނަ އެގްރީމަންޓުތަކެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.