02 Jun 2016, 09:28
ފަޅޮލަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް މޭވާ އެވެ. އޭގެއިން ފަނި ގިރައިގެން ނުވަތަ އެއްވެސް ގޮތެއް ނަހަދައި ކޮށައިގެން ކެއުމަކީ ވެސް ގިނަ ދިވެހިންގެ މެދުގައި އާއްމު ކަމެކެވެ. މިއާދައަކީ ރަނގަޅު އާދައަކަށް ވުމުގެ ސަބަބުތައް ބައިވަރެވެ. އޭގެ ތެރޭގައި:
ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވުން
ފަޅޮލަކީ ހުތް މެވާއެއް ކަމުގައި ނުވިޔަސް އޭގައި ދުވާލަކު މީހާއަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ އެކުލެވިގެންވެ އެވެ. އެހެންކަމުން ފަޅޯ ކެއުމަކީ ހަށިގަނޑު އިންފެކްޝަންތަކުން ސަލާމަތްކޮށްދީ ހަންގަނޑު ޒުވާންކަންމަތީ ދެމެހެއްޓުމަށް ފަޅޯ އެހީީތެރިވެދެ އެވެ.
ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވުން
ފޮޅޮލުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން އޭ އަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށާއި ލޮލޮގެ ފެނުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
އެހެނިހެން މާއްދާތައް
މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ އެހެނިހެން ގިނަ މާއްދާތައް ވެސް ފަޅޮލުގައި އެކުލެވިގެންވެ އެވެ. އޭގެ ތެރެއިން ފައިބާ އާއި ޕޮޓޭޝިއަމް އަކީ ލޭގެ ޕްރެޝަރު މަތިވުމުން ދުރުކޮށްދޭ މާއްދާތަކެވެ. ޕޮޓޭޝިއަމްއަކީ ސްޓޮރޯކް ޖެހުމުން ވެސް ދުރުކޮށްދޭ މާއްދާ އެކެވެ.
ބަލިތައް ފަސޭހަކޮށްދޭ
ފަޅޮލަކީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ހަޖަމުގެ ނިޒާމުގެ މަސައްކަތް ފަސޭހަކޮށްދޭ ކާނާއެއް ކަމުން، ގަވައިދުން ފަޅޯ ކެއުމަކީ މުޅި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މުހިއްމު ކާނާއެކެވެ.
މައުލޫމާތު: ސްޓެތްނިއުސް