ފޭސްބުކްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބޭނުންކުރާ ސޯޝަލް ނެޓްވޯކެކެވެ. އެކި ގައުމުތަކުގެ ތަފާތު މީހުން ބޭނުންކުރާ އެއްޗަކަށް ވާ އިރު، ފޭސްބުކްއިން ބޭނުން ވަނީ މިއީ ހުރިހާ އެންމެންނާ ވެސް ގުޅޭ، އެންމެންނާ ވެސް ގަޔާ ވެވޭ ފަދަ އެއްޗަކަށް ހެދުމަށެވެ.

އެންމެ ގިނަ މީހުން ބޭނުންކުރާ ފޭސްބުކް ޕްރޮޑަކްޓަކީ މެސެންޖާއަށްވާ އިރު، ފޭސްބުކްގެ އެންމެ ފަހުގެ އަޕްޑޭޓާ އެކު މި އައީ ވަރަށް "ސަޅި" ކަމެކެވެ. ފޭސްބުކް މެސެންޖާގައި އިމޯޖީ ބޭނުންކުރާ އިރު، އިމޯޖީ ހުންނަނީ ރީނދޫ ހަމައެކަނި ރީނދޫ ކުލައިގަ އެވެ. ނުވަތަ ހަމުގެ ކުލަ އަލި މީހުންގެ ހަން ހުންނަ ކުލައެއްގަ އެވެ.

ފޭސްބުކް މެސެންޖާއިން ތައާރަފުކުރި އާ އިމޯޖީތައް --

އާ އަޕްޑޭޓާ އެކު، އިމޯޖީތަކުގެ އެކި ކުލަތައް ސިލެކްޓް ކުރެވެ އެވެ. ހަމުގައި މުށި ކުލަ ގަދަ، ނުވަތަ ކުލަ އަލި އިމޯޖީ ސިލެކްޓް ކުރެވޭނެ އެވެ. ތަފާތު ސްކިން ޓޯންތަކުގެ އިމޯޖީތައް ފޭސްބުކް އިން ތައާރަފު ކުރީ އެވެ. މިއީ ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށް ފޭސްބުކްއިން ކުރި ކަމެކެވެ.

ފޭސްބުކް މެސެންޖާއިން ތައާރަފުކުރި އާ އިމޯޖީތައް --

ދެން މި އޮތް ކަމަކީ، ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް ފޭސްބުކްއިން އެޅި ފިޔަވަޅެވެ. ފޭސްބުކް މެސެންޖާގައި ފިރިހެން ފުލުހަކާއި ކުޅިވަރު ކުޅުންތެރިޔަކާ، ދުވުންތެރިޔަކާއި ރާޅާ އެޅުންތެރިއެއް ފެންނަމުން ދިޔަ ނަމަވެސް، އަންހެނެއް ނުފެނެ އެވެ. އެހެންކަމުން އަންހެން ފުލުހަކާއި ކުޅިވަރު ކުޅުންތެރިންގެ އިމޯޖީތަކެއް ފޭސްބުކްއިން ތައާރަފު ކުރުމަށް ނިންމީ އެވެ.

މެސެންޖާގެ އެންމެ ފަހުގެ އަޕްޑޭޓާ އެކު، ފޭސްބުކް މެސެންޖާގައި 1،500 އަށް ވުރެ ގިނަ އިމޯޖީ ހިމެނޭނެ އެވެ.