01 Jun 2016, 16:34
ނުރައްކާތެރި ގާތިލުންގެ ގޮތުގައާއި ގޭންގް ސްޓާރުންގެ ގޮތުގައާއި އެނޫންވެސް ބޮޑެތި މުޖްރިމުންގެ ގޮތުގައާ އަދި މުޖްރިމުންގެ ޖަމާއަތްތަކުގެ ލީޑަރުންގެ ގޮތުގައި އަންހެނުން ހަރަކާތްތެރިވާކަން ގިނަ ބަޔަކަށް ނޭންގެއެވެ. މިފަދަ ހަރުކަށި އަނިޔާވެރި މުޖްރިމުންގެ ގޮތުގައި ގިނަ ފަހަރު ފެންނަނީ ފިރިހެނުންނެވެ. ނަމަވެސް ފިރިހެނުންނެކޭ އެއްގޮތަށް މަދުން ނަމަވެސް ހަރުކަށި އަނިޔާވެރި މުޖްރިމުންގެ ގޮތުގައާއި ގޭންގް ލީޑަރުންގެ ގޮތުގައި އަންހެނުންވެސް ހަރަކާތްތެރިވަމުންދާ ކަމީ ހަގީގަތެކެވެ. ތިރީގައި މިފާހަގަ ކޮށްލަނީ ދުނިޔޭގެ ކަންކޮޅު ތަކުން ފާހަގަކޮށްލެވޭ ނުރައްކާތެރި އަންހެނުންގެ ތެރެއިން މަޝްހޫރު ފަސް އަންހެނުންނެވެ.
ކްލޯޑިޔާ އޮޗުވާ ފިލިކްސް
: އުމުރުން 35 އަހަރުގެ ކްލޯޑިޔާއަކީ މެކްސިކޯގެ ޒުވާން އަންހެނެކެވެ. އޭނާއަކީ އަންހެނުންވެސް އަދި ފިރިހެނުންވެސް މެރުމަށާއި ބޮޑެތި ވައްކަންތައް ކުރުމަށް ޖެހިލުންނުވާ އަދި އެފަދަ ޖަރީމާތައް ހިންގާނެ ގޮތުގެ ރޭވުމާއި ވިސްނުން ވަރަށް ބޮޑު އަންހެނެކެވެ. މެކްސިކޯގެ އެންމެ ބޮޑު އެއްގޭންގް ކަމަށްވާ ލޮސް އެންޓްރާސް ގެ ލީޑަރަކީ ކްލޯޑިޔާއެވެ. އޭނާގެ ގޭންގުގައި ގިނައީ ފިރިހެނުންނެވެ. ނަމަވެސް މަދުއަދަދެއްގެ އަންހެނުންވެސް ހިމެނެއެވެ. މެކްސިކޯގެ ސިޔާސީ ބައެއް ފަރާތްތަކާއި މުއްސަނދި މަހުޖަނުންނާ އަދި އެމީހުންގެ ދަރިންނާއި އަނބިން ވަގަށް ނަގައިގެން އެމީހުން މނިވަންކުރުމަށްޓަކައި ރެންސަމް ނުވަތަ ފިދްޔަ ހޯދުމަކީ ކްލޯޑިޔާގެ ގޭންގުން އެންމެ ގިނައިން ކުރާ އެއްމަސައްކަތެވެ. މީގެއިތުރުން ޑްރަގް ވިޔަފާރިއާއި ބޭންކްތައް ފެޅުމާއި ތޖޫރީތައް ވަގަށްނެގުންފަދަ ކަންކަމަކީވެސް ކްލޯޑިޔާ ލޮސް އެންޓްރާސް ގޭންގުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.ކްލޯޑިޔާއަކީ މެކްސިކޯގެ ގޭންގް ލީޑަރެކެވެ.
- އެނާ ކްރިސްޓީނާ :އެނާއަކީ އެމެރިކާގެ ދޮން ނަސްލުގެ އަންހެނެކެވެ. އުމުރުން 45 އަހަރުގެ ކްރިސްޓީނާއަކީ އަންހެންކުދިން ވަގަށް ނަގައި އެކުދިން އަޅުންގެ ގޮތުގައި ގެންގުޅުމާ އަދި އެކުދިން ނާސިގެތަކަށް ވިއްކުމުގެ ޖަރީމާ ފުޅާދާއިރާއެއްގައި ހިންގާ އަންހެނެކެވެ. ޚުދު ކްރިސްޓީނާ ހިންގާ ނާސިގެތައްވެސް ނިޔުޔޯކްގައި ވެއެވެ. އެނާސިގެތަކުގައި ހަށިވިއްކާ އަންހެނުންނާއި އަންހެންކުދިންނަކީ ކްރިސްޓީނާގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާ ބައެކެވެ. އޭގެތެރޭގައި ކުޑައިރު ވަގަށްނަގައިގެން ނާސި ހަރާކާތަށް މަޖްބޫރުން ވައްދާފައިވާ އަންހެންކުދިންނާއި އަދި ފައިސާ ހޯދުމަށްޓަކައި އަމިއްލަ ރުހުމުގައި ހަށިވިއްކާ ޒުވާން އަންހެނުންނާއި މެދުއުމުރުގެ އަންހެނުންވެސް ހިމެނެއެވެ. ކްރިސްޓީނާ އިސްކޮށް ހުރެގެން މިކަންކުރާތާ 15 ވަރަކަށް އަހަރު ވެފައިވެއެވެ.އެނާ ކްރިސްޓީނާ އަކީ މީހުން ވަގަށްނަގާ އަންހެނެއް

- ގޮޑީ މޮރަން :ގޮޑީއަކީ ފެންނަ ފެނުމުގައި މުސްކުޅި އަދި މާބޮޑު ހަރަކާތެއް ނުކުރެވޭ އަންހެނެއްކަމަށް ބެލެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ ގޮޑީއަކީ ވަރަށް ހަރަކާތްތެރި ކަމާއެކު މާފިޔާ ގްރޫޕެއް ހިންގާ އަންހެނެއްކަމެވެ. ކޮލަންބިޔާއަށް ނިސްބަތްވާ ގޮޑީއަކީ ކުރިން ކޮލަންބިޔާގެ މާފިޔާ ގްރޫޕެއްކަމަށްވާ ލޮޒްލީ ކޯލްގެ އިސް ލީޑަރެއްގެ އަނބިމީހާއެވެ. ގޮޑީގެ ފިރިމީހާ މަރުވުމުން އޭނާ ކައިވެނި ކުރީ އެގްރޫޕްގެ ލީޑަރު ލުއިސް މޮރަން އާއެވެ. ބައްޔެއްގައި ލުއިސް މަރުވުމުން ލޮޒްލީ ކޯލް މާފިޔާ ގްރޫޕްގެ ހިންގަނީ ޚުދު ގޮޑީއެވެ. އެ ގްރޫޕްގައި ހިމެނޭ ވަރުގަދަ ފިރިހެނުން ކޮންޓްރޯލްކޮށް އެމީހުން "މުށުތެރޭގައި" ގެންގުޅުމުގެ ގާބިލްކަން ގޮޑީއަށް ލިބިފައިވެއެވެ.ގޮޑީ މޮރަން އަކީ މާފިޔާ ލީޑަރެއް

- ސެންޑްރާ އެވިލާ :ސެންޑްރާއަކީ ވަރަށް ވިސްނުންތޫނު އަންހެން މުޖްރިމެކެވެ. ސެންޑްރާ ފިރިންގެ ގޮތުގައި ތިންފިރިހެނުން ގެންގުޅޭ ކަމަށްވެއެވެ. ސެންޑްރާއަކީ މެކްސިކޯގެ ޑްރަގް ވިޔަފާރިކުރާ ގޭންގެއް ހިންގާ އަންހެނެކެއެވެ. މެކްސިކޯގެ ފުލުހުންގެ އިސް ބައެއް އޮފްސަރުންނާ ސިއްރު ގުޅުންތަކެއް ސެންޑްރާ ގެންގުޅޭތީ މެކްސިކޯ ގެ ފުލުހުންގެ އަތްދަށުން ވަރަށް ފަސޭހައިން އޭނާ ސަލާމަތްވެއެވެ.
- މާރިޔާ ލިޔޯން :މަރިޔާއަކީ އެމެރިކާގެ ކަޅުނަސްލުގެ އަންހެނެކެވެ.ސެންޑްރާ އެވިލާ އަކީ ޑްރަގް ލޯޑެއްދިރިއުޅެނީ ލޮސްއެންޖޮލަސް ގައެވެ. އޭނާއަކީ މެރުމަށާއި ބޮޑެތި ވައްކަންތައް ކުރުމަށާއި ޑްރަގް ވިޔަފާރި ކުރުމަށާއި ސްމަގްލިން ކުރުމަށާ އަދި ކުޑަކުދިން ވަގަށްނަގައިގެން ވިއްކުމަށް ވަރަށް ކުޅަދާނަ އަންހެނެކެވެ. އެމެރިކާއާއި މެކްސިކޯގެ އެކި ގޭންގްތަކުގެ ފިރިހެން ލީޑަރުންނާ ނަހަމަ ގުޅުންތައް ހިންގައިގެން ދެޖިންސުން 13 ދަރިން މާރިޔާއަށް ލިބިފައިވާއިރު މި ކުދިންގެ ތެރޭގައިވެސް މަރިޔާ ކަހަލަ މުޖްރިމުން ހިމެނެއެވެ.
މަރިޔާ ލިޔޯން އަކީ ޑްރަގް ވިޔަފާރިއާއި ސްމަގްލިން ކުރުމުގައި ކުޅަދާނަ އަންހެނެއްމެކްސިކޯގެ މާފިޔާ ލީޑަރުންނާއި މާރިޔާއާ ވަރަށް ގުޅުންބޮޑެވެ. 2008 ވަނަ އަހަރު މާރިޔާގެ ގޭންގުގެ މީހުން އެމެރިކާގެ ފުލުހުންނާ ބަދަލުކުރި ހަމަލާތަކެއްގައި އޭނާގެ ފިރިހެން ދަރިއަކު މަރުވިއެވެ. އެކުއްޖާގެ ޖަނާޒާގައި ބައިވެރިވުމަށް ސިއްރިޔާތުގައި މާރިޔާ ލޮސްއެންޖޮލަސް އަށް ގޮސް ހުއްޓައި އެމެރިކާގެ ފުލުހުން މާރިޔާ ހައްޔަރުކުރި ގޮތަށް އަދިވެސް އޭނާ ހުރީ އެމެރިކާގެ ޖަލެއްގައެވެ. (އާރުޓީ)




