01 Jun 2016, 12:46
ފްރާންސްގެ މަޝްހޫރު ފެޝަން ބްރޭންޑް ޕާކޯ ރަބާންއިން އެންމެ ފަހުން ތައާރަފު ކުރި ދެ ސެންޓުފުޅިއެއް ލެކިއުޓުން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
ލެކިއުޓުން ތައާރަފު ކޮށްފައި ވަނީ، ޕާކޯ ރަބާންގެ އިންވިކްޓަސް އަކުއާ ފޯ މެން، އަދި އޮލިމްޕިއާ އަކުއާ ފޯ ވިމެން އެވެ. މިއީ، ޕާކޯ ރަބާންއިން 2013 ގައި އުފެއްދި އިންވިކްޓަސް އަދި އޮލިމްޕިއާ ސެންޓުގެ އާ ވާޝަން އެކެވެ. މި ވާޝަން ޕާކޯ ރަބާންއިން އުފައްދައި، ތައާރަފު ކޮށްފައި ވަނީ މި އަހަރު އެވެ.
ލެކިއުޓްއިން މައުލޫމާތު ދޭ ގޮތުގައި، މި ދެ ސެންޓަކީ ވެސް، އެކުއަޓިކް ސެންޓެވެ. މާނައަކީ، ގުދުރަތީ އެލެމެންޓުތަކާއި އޭގެ އަސަރުތައް ސެންޓުގެ ވަހުގައި ހުންނާނެ އެވެ.
އެގޮތުން، އިންވިކްޓަސް އަކުއާ ފޯ މެންގައި ޕިންކް ޕެޕާކޯން ބެރީޒް، ގްރޭޕްފްރުޓް އަދި ހުތް މޭވާއެއް ކަމުގައިވާ ޔޫޒޫ ބޭނުންކޮށްފައި ވާނެ އެވެ.
އަދި އޮލިމްޕެއާ އަކުއާ ފޯ ވިމެންގައި ބާގަމޮޓް ނަމަކަށް ކިޔާ ސިޓްރަސް މޭވާއަކާއި ޕެޓިޓްގްރެއިން ބެރީސް އަދި ވޯޓާ ނޯޓްސް އަޅާފައި ހުރެ އެވެ.