ރާއްޖެބައްޔަކީ ހުޅުހުޅުގައި ރިއްސުމަށާއި ދުޅަވުމަށް މަގުފަހިކުރާ ބައްޔެކެވެ. އެއީ އާއްމުކޮށް 65 އަހަރުން މަތީގެ މީހުންނަށް ޖެހޭ ބައްޔެއް ކަމުގައި ވިޔަސް ބައެއް ފަހަރު އޭގެ އަލާމާތްތައް ޒުވާން އުމުރުގައި ވެސް ފެނިގެންދެ އެވެ. އެފަދަ އަލާމާތްތައް ފެނުމުން އަޅުގަނޑުމެންގެ ބަދިގޭގައި އާއްމުކޮށް ބޭނުންކުރާ ބައެއް ސްޕައިސެސްތައް (ރަހަތައް) ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. އޭގެ ތެރޭގައި:

އަސޭމިރުސް

އަސޭމިރުހުގައި ހިމެނޭ ޕިޕެރިން އަކީ ރިއުމެޓޮއިޑް އަދި އޮސްޓިއޯއާތުރައިިޓިސް ހުންނަ ފަރާތްތަކުގެ ތަދު ކަނޑުވައިދޭ މާއްދާއެކެވެ.

ރީނދޫ

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ރީނދޫ އަކީ ހުރިހާ ސްޕައިސެސްގެ ތެރެއިން އެންމެ ފައިދާ ހުރި އެއް ސްޕައިސެވެ. އޭގެއިންވާ އެއް ފައިދާ އަކީ ރާއްޖެ ބަލި ފަދަ ބައްޔެއްގެ ސަބަބުން ދުޅަވެފައި ހުންނަ ސަރަހައްދުތައް ރަނގަޅުކޮށް ދިނުމެވެ.

އިނގުރު

ާއިނގުރު ފެން ނުވަތަ އިނގުރު ސަޔަކީ އިންފްލެމޭޝަން ނުވަތަ ދުޅަވުން ރަނގަޅު ކޮށްދޭ ބުއިންތަކެވެ.

މިރުސް

އެކި ބާވަތްތަކުގެ މިރުސް ހާއްސަކޮށް ތޮޅި މިރުހުގައި ހިމެނޭ ކެޕްސައިސިނޮއިޑްސްއަކީ ދުޅަވުން ރަނގަޅުކޮށްދޭ މާއްދާއެކެވެ. އަދި މިރުހަކީ ޒަމާނުއްސުރެ ހަޖަމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.

ފޮނިތޮށި

ހުރިހާ ބާވަތެއްގެ ކާނާއަކަށް ވެސް އަޅަން ކަމުދާ ފޮނިތޮށްޓަކީ ރާއްޖެބަލީގެ ސަބަބުން ދުޅަވާ އަދި ރިއްސާ ހުޅުހުޅަށް ރަނގަޅު އެއްޗެއްކަން ސާބިތުކޮށްދިނުމަށް ޓަކައި ސައިންސުވެރިން ހަދާފައިވާ ގިނަ ދިރާސާތަކުން ލިބިފައި ވަނީ ރަނގަޅު ނަތީޖާތަކެވެ. އެހެންކަމުން ފޮނިތޮށްޓަކީ ވެސް ރާއްޖެބަލި ހުންނަ ފަރާތްތަކަށް ބޭނުން ކުރުން ރަނގަޅު ސްޕައިސްއެކެވެ.

މައުލޫމާތު: ސްޓެތްނިއުސް