01 Jun 2016, 09:44
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މުހިންމު ސަރަހައްދުތައް ކަވަރުކުރެވޭ ގޮތަށް އެ އަވަށުގައި ސީސީޓީވީ ކެމެރާ ހަރުކުރުގެ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލޭގެ ބެލެނިވެރި ފަރާތް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޗަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ސަން އަށް ވިދާޅުވީ ކެމެރާ ހަރުކުރަނީ ފުލުހުން އެސެސްމަންޓްތަކެއް ހެދުމަށް ފަހު އެބޭފުޅުންނަށް ފާހަގަކުރެވޭ ތަނަތަނުގައި ކަމަށެވެ. އެގޮތުން ފޭސް ވަންގެ މުހިންމު ހުރިހާ ތަނެއް އެކެމެރާތަކުން ކަވަރު ކުރާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.
"މުޅި ހުޅުމާލޭގެ އެކި ޕޮއިންޓްތައް ކަވަރުވާގޮތަށް ކެމެރާ އަޅަނީ، މިފަހަރު 30 ކެމެރާ އޮޕަރޭޓް ކުރެވޭނެ،." ސައިމަން ވިދާޅުވި އެވެ.
ކެމަރާތަކާއި އެކަމަށް ބޭނުންވާތަކެތި މިހާރު ގެނެސްފައިވާ ކަމަށާއި ކޭބަލްތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ވަނީ މިދިޔަ އަހަރު ވެސް ހުޅުމާލޭގައި ސީސީޓީވީ ކެމެރާ އެޅުމުގެ މަސައްކަތްކޮށްފައިވެ އެވެ. އެފަހަރު ވަނީ 54 ކެމެރާ އަޅައިފަ އެވެ.