މެންޗަސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފާޑް ހިމަނައިގެން ޔޫރޯއަށްދާ އިނގިރޭސި ފައިނަލް ސްކޮޑް އިއުލާން ކޮށްފި އެވެ.

ޔުނައިޓެޑްގައި ކުރިއަށް އޮތް ހަތަރު އަހަރު މަޑު ކުރަން އެއްބަސްވެފައިވާ އުމުރުން 18 އަހަރުގެ ރަޝްފާޑްގެ އިތުރުން ކޯޗު ރޯއީ ހޮޖްސަން ނެގި ފައިނަލް ސްކޮޑްގައި ލިވަޕޫލްގެ ފޯވާޑް ޑެނިއަލް ސްޓަރިޖް ވެސް ވަނީ ހިމަނައިފަ އެވެ.

ސައްބީސް ކުޅުންތެރިންގެ ސްކޮޑަކާ އެކު މީގެ ދެ ހަފްތާ ކުރިން ފަރިތަކުރަން ފެށި އިނގިރޭސިން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ފަހު މިއަދު 23 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކުރިއިރު އެ ސްކްޑުން ޖާގަ ގެއްލުނީ ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޑެނީ ޑްރިންކްވޯޓާ އާއި ނިއުކާޝަލް ޔުނައިޓެޑްގެ މިޑްފީލްޑަރު އެންޑްރޮސް ޓައުންސެންޑްގެ އިތުރުން އަނިޔާގެ ސަބަބުން ޓީމާ ވަކިވާން ޖެހުނު މެންޗަސްޓާ ސިޓީގެ މިޑްފީލްޑަރު ފަބިއަން ޑެލްފް އެވެ.

ޔޫރޯއަށް ތައްޔާރުވާ އިނގިރޭސި ގައުމީ ޓީމުން ފަރިތަކުރަނީ --- ފޮޓޯ: އޭޕީ

އިނގިރޭސިންގެ 23 ކުޅުންތެރިންގެ ސްކޮޑް

ގޯލު ކީޕަރުން:ޖޯ ހާޓް(މެންޗަސްޓާ ސިޓީ)، ފްރޭސާ ފޯސްޓާ(ސައުތެމްޓަން)، ޓޮމް ހީޓަން(ބާންލީ)

ޑިފެންޑަރުން:ރަޔަން ބާޓްރެންޑް(ސައުތެމްޓަން)، ގޭރީ ކޭހިލް(ޗެލްސީ)، ނޭތަނިއަލް ކްލައިން(ލިވަޕޫލް)، ޑެނީ ރޯސް(ޓޮޓެނެހަމް) ކްރިސް ސްމޯލިން(މެންޗަސްޓާ ޔުނައިޓެޑް)، ޖޯން ސްޓޯންސް(އެވަޓަން)، ކައިލް ވޯކާ(ޓޮޓެންހަމް).

މިޑްފީލްޑަރުން:ޑެލީ އަލީ(ޓޮޓެންހަމް)، ރޮސް ބާކްލީ(އެވަޓަން)، އިރިކް ޑިއާ(ޓޮޓެންހަމް)، ޖޯޑަން ހެންޑަސަން(ލިވަޕޫލް)، އެޑަމް ލަލަނާ(ލިވަޕޫލް)، ޖޭމްސް މިލްނާ(ލިވަޕޫލް)، ރަހީމް ސްޓާލިން(މެންޗަސްޓާ ސިޓީ)، ޖެކް ވިލްޝެއާ(އާސެނަލް).

ފޯވާޑުން:ހެރީ ކޭން( ޓޮޓެންހަމް)، މާކަސް ރަޝްފާޑް(މެންޗަސްޓާ ޔުނައިޓެޑް)، ވޭން ރޫނީ(މެންޗަސްޓާ ޔުނައިޓެޑް)، ޑެނިއަލް ސްޓަރިޖް(ލިވަޕޫލް)، ޖެމީ ވާޑީ( ލެސްޓާ ސިޓީ).

މިހާތަނަށް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައިނުވާ އިނގިރޭސިން މި ފަހަރު ލައްވާލީ އަވައްޓެރި ވޭލްސް އާއި އެކު ގުރޫޕް އެފްގައެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ ރަޝިޔާގެ އިތުރުން ސޮލަވާކިއާ އެވެ.

އަންނަ މަހު 10 ގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ މެޗުގައި 11 ވަަނަ ދުވަހު އިނިގިރޭސިން ނިކުންނާނީ ރަޝިޔާއާ ދެކޮޅަށެވެ.