ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ ފުރަތަމަ އަހަރު ދިވެހި ފުޓްބޯޅައަށް ވެގެން އުޅޭ ގޮތް ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ދެނެގަންނާނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި އަހުމަދު ތާރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ކްލަބް ޖަމިއްޔާތަކުގެ ބޮޑު އަގުލަބިއްޔަތަކުން އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި ޓޮމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަޕޯޓަރުން ދަނޑަށް ވަންނަލެއް މަދުވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޓޮމް ވިދާޅުވީ ރާއްޖޭގެ އެއް ނަންބަރު ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވާއިރު ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގު ކުޅޭތަން ބަލާލަން ދަނޑަށް މީހުން ނުވަނުމަކީ މައްސަލައެއް ކަމަށެވެ.

"ދިމާވެގެން މި އުޅެނީ އެންމެ މައްސަލައެއް. އެއީ ސަޕޯޓަރުން ދިވެހި ރާއްޖޭގެ އެންމެ ވަރުގަދަ ލީގް ކުޅެމުންދާ އިރު ދަނޑަށް ވަނުމުގެ މައްސަލް. އެ މައްސަލަ ހައްލުކުރުމަށް އޭރެއްގަ އެފްއޭއެމްގެ އުޅޭ އިސްވެރިން ދަނީ މަސަތްކަތް ކުރަމުން،" ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އޮތް ގޮތަށް ބާއްވާފައި އެފްއޭއެމަށް އަލަށް އިންތިހާބްވި ލީޑާޝިޕުން މަސައްކަތް ކުރަނީ "ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ވުރެ، ނުވަންނަށް ދިމާވާ ސަބަބު ދެނެގަތުން" ކަމަށެވެ.

ޓޮމް ވިދާޅުވީ އޭނާއަކީ ސިޔާސީ މީހަކަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ މީހެއް ކަމަށާއި ކުޑަ އިރުން ފެށިގެން އައީ ފުޓްބޯޅައިގެ ތެރޭގައި އުޅެމުން ކަމަށެވެ. ނަމަވެސް ސިޔާސީ މައިދާނުގައި ހޭދަކުރެވުނީ ދޮޅު އަހަރެއްހާ ދުވަސް ކަމަށް ޓޮމް ވިދާޅުވި އެވެ.

"ސުކޫލް ދުއުރުން ފެށިގެން ގުރޭޑް 11،12 ގައި އުޅުނު އިރުން ފެށިގެން މިހާތަނަށް އަޅުގަނޑު އަދި އަޅުގަނޑު އަދި ފިޓްބޯޅައެކާ ދުރަކަށް ނުދަން. އޭގެ މާނައަކީ އަޅުގަނޑުގެ އުމުރުން 17 އަހަރުން ފެށިގެން އުޅެމުން މި ދަނީ ފުޓްބޯޅައިގެ ތެރޭގައި،" ޓޮމް ވިދާޅުވިއެވެ.

ސީއެޗްއެސީ ޓީމުން ފާހަގަ ކޮށްލެވުނު މަހިބަދޫ އަށް ނިސްބަތްވާ ޓޮމް ވަނީ 2002 އަހަރުން ފެށިގެން ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެ 2003 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް ގައުމީ ޓީމުން ވެސް މެދު ކެނޑުމެއް ނެތި ކުޅެފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބްވުމާ ހަމައަށް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުގައި ހުރި ޓޮމް ވަނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުވުމާ އެކު އީގަލްގެ ވައިސް ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކޮށްފައެވެ.

"ކުލަބެއް ހިންގުމުގައި އުޅޭ އިސްފަރާތެއް އެކްސްކޯގައި ހިމެނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މައްސަލައެއް ނޫން. އެފްއޭއެމް ފޯމިއުލޭޓް ވެގެން އަންނަނީ ވެސް ކުލަބުތަކާއި ހިސާބުން. ކުލަބުތަށް ހިންގާ ފަރާތް ތަކަށް އެފްއޭއެމްގެ އެކްސްކޯގައި ހިމެނެމުގެ ފުރުސަތު ވެސް އޮންނަނީ،" ޓޮމް ވިދާޅުވިއެވެ.

ޓޮމް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވިއިރު ކޮމިޓީއަށް އިންތިހާބުވި ނިއުގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އާއި ޓީސީ ސްޕޯޓްސްގެ މެނޭޖަރު އަހުމަދު އީސާ އާއި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ކްލަބް އީގަލްސްގެ ޗެއާމަން އަހުމަދު ޝިޔާމް ވަނީ އެބޭފުޅުން މަގާމުގައި ތިއްބެވުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.